މާލެ: 31°C

ދުނިޔޭގެ އެއްމެ މަޝްހޫރު ޔުނިވަރސިޓީތަކުން ދިވެހިންނަށް ކިޔެވުމުގެ ފުރުސަތު ހޯދައިދޭން ސަރުކާރުން މަސައްކަތްކުރަން ފަށައިފި

December 1, 2024
2 ފަހަރު ބަލާފައި
ދުނިޔޭގެ އެއްމެ މަޝްހޫރު ޔުނިވަރސިޓީތަކުން ދިވެހިންނަށް ކިޔެވުމުގެ ފުރުސަތު ހޯދައިދޭން ސަރުކާރުން މަސައްކަތްކުރަން ފަށައިފި
ދުނިޔޭގެ އެއްމެ މަޝްހޫރު ޔުނިވަރސިޓީތަކުން ދިވެހިންނަށް ކިޔެވުމުގެ ފުރުސަތު ހޯދައިދޭން ސަރުކާރުން މަސައްކަތްކުރަން ފަށައިފި

ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ޔުނިވަރސިޓީތަކުން ކިޔެވުމުގެ ފުރުޞަތު ދިވެހިންނަށް ހޯދައިދިނުމަށްޓަކައި ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ގައި ވާހަކަދައްކަވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވީ ރާއްޖޭގައި ދެވޭ އެންމެ މަތީ ފަންތީގެ ސްކޮލަރޝިޕަކީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ކަމަށާއި އެ ސްކޮލަރޝިޕްގައި މިއަހަރުވެސް 19 ދަރިވަރަކަށް ކިޔެވުމުގެ ފުރުސަތު ދީފައިވާކަމަށެވެ. އަދި އިތުރަށް ނަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕަކީ ބޭނުން ދާއިރާއަކުން ކިޔަވަން ފުރުސަތު ލިބޭ ސްކޮލާޝިޕްއަކަށް ވާއިރު، ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ޔުނިވަރސިޓީތަކުން ޖާގަ ހޯދުމަށް ދަރިވަރުންނަށް ބައެއްފަހަރު ދަތިތައް ދިމާވާ ކަމަށާއި، އެހެންކަމުން އެފަދަ ޔުނިވަރސިޓީތަކުން ދިވެހިންނަށް ޖާގަ ލިބޭކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް މިކުރަނީ އޮކްސްފޯޑާއި ހާވާޑާއި ކެމްބްރިޖްފަދަ ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަރސިޓީތަކުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބޭ ދިވެހިންނަށް ކޮންމެ ޔުނިވަރސިޓީއަކުންވެސް 1 ނުވަތަ 2 ޖާގަ ކަށަވަރުކުރެވޭތޯ. މި ޔުނިވަރސިޓީތަކުން ޖާގަތަކަކީ ކުރިން ކަނޑައެޅިފައި ހުންނަ އެއްޗެއް ނޫން. އެހެންނަމަވެސް ޖާގަތައް ކުރިން ކަނޑައެޅި ދިވެހިންނަށް ލިބޭނެކަން ކަށަވަރުކުރެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް މިދަނީ ކުރަމުން."

ސަރުކާރުން ދަނީ މަތީ ތަޢުލީމް ޙާސިލްކުރުމަށް ގިނަ އަދަދެއްގެ ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ފަހި ކޮށްދެމުންނެވެ. އަދި ލޯނުގެ އެހީތައްވެސް ދަނީ ދެމުންނެވެ. އެގޮތުން ސަރުކާރުން ފަހިކޮށްދީފައިވާ އެކި ސްކޮލާޝިޕްތަކުގައި 2249 ދިވެހިން ރާއްޖެއިން ބޭރުގައި ދަނީ މަތީ ތަޢުލީމު ޙާސިލްކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ