މާލެ: 31°C

އާބަން ޑިވެލޮޕްމަންޓް ބިލް އަލުން މުރާޖައާ ކުރަން ޖެހޭ: ލޯކަލް ކައުންސިލް ޖަމިއްޔާ

November 30, 2024
2 ފަހަރު ބަލާފައި
އާބަން ޑިވެލޮޕްމަންޓް ބިލް އަލުން މުރާޖައާ ކުރަން ޖެހޭ: ލޯކަލް ކައުންސިލް ޖަމިއްޔާ
އާބަން ޑިވެލޮޕްމަންޓް ބިލް އަލުން މުރާޖައާ ކުރަން ޖެހޭ: ލޯކަލް ކައުންސިލް ޖަމިއްޔާ
ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ "އާބަން ޑިވެލޮޕްމަންޓް ބިލު" ތަސްދީގުކުރުން ފަސްކޮށް، އިތުރަށް މުރާޖާކުރުމަށާއި އާންމު މަޝްވަރާއަށް ހުޅުވާލުމަށް މަޖިލިހަށް ބިލު އަނބުރާ ފޮނުވާލުމަށް މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަން (އެމްއެލްސީއޭ) އިން ގޮވާލައިފި އެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ތަރައްގީ ކުރުމުގެ އުސޫލު ބަޔާންކޮށްފައިވާ އާބަން ޑިވެލޮޕްމަންޓް ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ވިލިނގިލީ ދާއިރާގެ ޕީއެންސީ މެންބަރު އާޒިމް އަބްދުލް އަޒީޒެވެ. އެ ބިލު މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހު އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މި ބިލު ތަސްދީގުކުރައްވާފައެެއް ނުވެ އެވެ. ކައުންސިލްތަކުގެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ބިލު ފާސްވުމާ އެކު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން، ރަށު އަދި ސިޓީ ކައުންސިލްތަކަށް އެ ރަށެއް ނުވަތަ ސިޓީއެއްގެ ތަރައްގީގެ ކަންކަން ރާވާ ތަރުތީބު ކުރުމަށް ލިބިދީފައިވާ ބާރު ގެއްލި އެކަންކަމުގައި ކައުންސިލްތަކުގެ ދައުރު ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށެވެ. "ބިލާ މެދު ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން ހުޅުވާލި ކުރު މުއްދަތުގައި މި ޖަމިއްޔާއިން ވާނީ މި ބިލާ މެދު ހުރި ކަންބޮޑުވުންތައް ލިޔުމުން ހިއްސާކޮށްފަ އެވެ. އެހެންނަމަވެސް، ރައްޔިތުންގެ އެއްވެސް ބައިވެރިވުމެއް އަދި މަޝްވަރާއެއް ނުހޯދާ މި ބިލު ވަނީ ކޮމިޓީއިން ދިރާސާކޮށް ނިންމާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ފާސްކޮށްފަ،" ބިލާ ގުޅޭގޮތުން އެ ޖަމިއްޔާގެ ކަންބޮޑުވުންތައް ހުލާސާކޮށް ފާޅުކޮށްފައިވާއިރު، އޭގެ ތެރެއިން އެއް ކަމަކީ އާބަން ސަރަހައްދުތައް ކަނޑައެޅުމުގެ ބާރު މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވުމެވެ. ބުނީ އެގޮތަށް ކަނޑައެޅިއިރު އެގާނޫނުގައި ރައްޔިތުންގެ ބަހެއް އަދި ހިޔާލެއް އެކަމުގައި އޮންނާނެ އެއްވެސް ހަރުދަނާ އިޖުރާތެއް ނެތް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ