މާލެ: 31°C

މޫސުމް ގޯސް، ސަމާލުވުމަށް މެޓުގެ އިލްތިމާސް

November 30, 2024
2 ފަހަރު ބަލާފައި
މޫސުމް ގޯސް، ސަމާލުވުމަށް މެޓުގެ އިލްތިމާސް
މޫސުމް ގޯސް، ސަމާލުވުމަށް މެޓުގެ އިލްތިމާސް
ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ކަނޑު ދަތުރުކުރާއިރު މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން އިލްތިމާސް ކޮށްފި އެވެ. މެޓުން ބުނީ، ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މޫސުން ގޯސްވާނެ ކަމަށެވެ. އަދި ހއ އަތޮޅުން ފެށިގެން ރ. އަތޮޅަށް ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވެ އެވެ. މެޓުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 6:35 އިން ފެށިގެން މެންދުރު 12:30 އަށް ކަމަށް މެޓް އޮފީހުން ބުންޏެވެ. މެޓް އޮފީހުން ބުނީ، އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ މެޓް އޮފީހުން ބުންޏެވެ. ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ގދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ވެސް ނެރެފައިވެ އެވެ. މެޓުން ބުނީ، އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން އެ ސަމާލު ނެރެފައިވަނީ މިއަދު ފަތިހު 5:00 އިން މެންދުރު 1:15 އަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ