
6 މިލިއަން ޑޮލަރަށް ގަތް ދޮންކެޔޮވަށް ކާލައިފި

6 މިލިއަން ޑޮލަރަށް ގަތް ދޮންކެޔޮވަށް ކާލައިފި
ލިޔުން:
މިމަހު 20 ވަނަ ދުވަހު ނިއުޔޯކުގެ ސޮތެބީގެ ނީލަމުގައި 6.2 މިލިއަން ޑޮލަރަށް ވިކުނު، ޑަކްޓް-ޓޭޕުން ފާރުގައި ތަތްކޮފައި އިން ދޮންކެޔޮވަށް ކާލައިފިއެވެ.
ނީލަމުގައި ދޮންކެޔޮވަށް ގަތް ޗައިނާގެ ކްރިޕްޓޯކަރަންސީ ވިޔަފާރިވެރިއެއް ކަމަށްވާ އުމުރުން 34 އަހަރުގެ ޖަސްޓިން ސަން ދޮންކެޔޮވަށް ކާލާފައިވަނީ އެކަމަށްޓަކައި ބޭއްވި ނިއުސް ކޮންފަރެންސެއްގައިއެވެ. އެ ނިއުސްކޮންފަރެންސް ގައި ދޮންކެޔޮވަށް ކާލަމުން ސަން ބުނެފައިވަނީ ދޮންކެޔޮވަށް ކާލުމަކީ އާޓްވޯކުގެ ބައެއް ކަމަށާއި އެ ދޮންކޮވަކުގެ ރަހަ ތަފާތު ކަމަށެވެ. އަދި ސަން ބުނެފައިވަނީ ދޮންކޮޔެވަށް ހަލާކުވީތޯ ސްވާލުއުފެއްދުން އެއީ މޮޔަ ސުވާލެއް ކަމަށާއި، އެ ރަސްމިއްޔާތުގައި ބައިވެރިވި ކޮންމެ މީހެއްގެ އަތުގައި ވެސް ދޮންކެޔޮވަކެއް ކާން އެބައޮތް ކަމަށެވެ.
ހުކުރު ދުވަހު ބޭއްވި މި ހަރަކާތުގައި ބައިވެރިވި ކޮންމެ މީހަކަށް ސްވެނިއާއެއްގެ ގޮތުގައި ދޮންކެޔޮ ވަކަކާއި ޑަކްޓް ޓޭޕްގެ ރޯލެއް ދީފައިވެ އެވެ.


ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
