މާލެ: 31°C

އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް 55 މިލިއަން ރުފިޔާ

November 29, 2024
2 ފަހަރު ބަލާފައި
އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް 55 މިލިއަން ރުފިޔާ
އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް 55 މިލިއަން ރުފިޔާ
ފަގީރު ހާލަތުގައި އެކަނި ދަރިން ބަލަަހައްޓާ މައިންނާއި ބަފައިންނަށް ދިން އެހީގެ އަދަދު 55 މިލިއަން ރުފިޔާއިން މައްޗަށް އަރައިފި އެވެ. ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދެވުނު އެހީގެ ތަފްސީލު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އިއްޔެ ވަނީ އާންމުކޮށްފަ އެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް އެ ޕްރޮގްރާމުގައި 3،235 މައިންނާއި ބަފައިންނާ އަދި 5،533 ކުދިން ވަނީ ރަޖިސްޓްރީކޮށްފަ އެވެ. ހިނގަމުން މިދާ ނޮވެމްބަރު މަހާ ހަމައަށް 55،735،000 ރުފިޔާ އެ ޕްރޮގްރާމުގެ ދަށުން ދޫކުރި ކަމަށް އެންސްޕާއިން ފާހަގަކޮށްފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ