މާލެ: 31°C

ކާރުގައި ރޯކުރި މީހުންގެ ބަންދު ޖަހައިފި

November 29, 2024
2 ފަހަރު ބަލާފައި
ކާރުގައި ރޯކުރި މީހުންގެ ބަންދު ޖަހައިފި
ކާރުގައި ރޯކުރި މީހުންގެ ބަންދު ޖަހައިފި
މާލޭގައި ޕާކްކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެވަނަ މީހާގެ ބަންދުގެ މުއްދަތު ވެސް ޖަހައިފި އެވެ. މީޑިއާތަކަށް އިއްޔެ ފޮނުވި މެސެޖެއްގައި އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންމުކޮށްފައިވެ އެވެ. އެ މީހުންގެ މައްޗަށް ކުރަނީ ހޯމަ ދުވަހުގެ އިރުއޮއްސި 6:25 ހާއިރު ބުރުޒުމަގު, ސިނަމާލެ 1 ގެ ޕާކިން ޒޯންގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތެވެ. ފުލުހުން ބުނީ އެ މައްސަލާގައި ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވަނީ މ. އަރާރަތްކުރި, ހާލިދު މަހްމޫދު (35އ) އަދި އދ. މާމިގިލި, ބްލޫވިންޑް، ހަސަން ނަސީމް (31އ) ކަމަށެވެ. އޭގެ ތެރެއިން ނަސީމުގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހައިދީފަ އެވެ. މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މައްސަލައިގައި ހައްޔަރުކުރި ހާލިދު ވެސް 15 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ