މާލެ: 31°C

ޞިއްޙީ ޚިދުމަތާއި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ރާއްޖެއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވަނީ ހޯދާފައި: ޔުނިސެފް

November 29, 2024
2 ފަހަރު ބަލާފައި
ޞިއްޙީ ޚިދުމަތާއި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ރާއްޖެއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވަނީ ހޯދާފައި: ޔުނިސެފް
ޞިއްޙީ ޚިދުމަތާއި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ރާއްޖެއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވަނީ ހޯދާފައި: ޔުނިސެފް
ޞިއްޙީ ޚިދުމަތާއި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ރާއްޖެއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވަނީ ހޯދާފައިކަމަށް ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް)ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ، މެނޭޖްމަންޓް، ހަނާން ސުލައިމާން ވިދާޅުވެއްޖެއެވެ. އެކަމަނާ އެހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށްކުރެއްވި އިޙްތިރާމްގެ ޒިޔާރަތެއް ގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީގައި އޮތް އެ ބައްދަލުކުރެއްވުމުގައި އެކަމަނާ ވިދާޅުވީ ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ރާއްޖެއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާކަމަށާއި، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ސައްތަ އިންސައްތަ މީހުންނަކީ ލިޔަންކިޔަން ދަންނަ ބައެއްކަން ފާހަގަކުރައްވައއި އެކަމަށް އެކަމަނާ ވަނީ ތައުރީފް ކުރައްވާފައެވެ. ތިމާވެށީގެ މައްސަލަތަކާ ގުޅުންހުރި މަސައްކަތްތަކުގައި ދިވެހި ޒުވާނުންގެ ބައިވެރިވުން ބައިވެރިވުން ފާހަގަކުރައްވައި އެކަމަށްވެސް އެކަމަނާ ވަނީ ތައުރީފް ކުރައްވާފައެވެ. އޭގެ އިތުރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލަތަކުގައްޔާއި، ކުޑަކުދިންގެ ޙައްޤުތައް ނިގުޅައިގަތުމާ ގުޅުންހުރި މަޝްވަރާތަކުގައި ކުޑަކުދިން ބައިވެރިކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެކަމަނާ ވަނީ އަލިއަޅުއްވާލައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޔުނިސެފުން ދިވެހިރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އިޖުތިމާޢީ ކައުންސިލްގެ މުޤައްރިރުގެ ހައިސިއްޔަތުން، ކުޑަކުދިންގެ ލާބައާއި ރައްކާތެރިކަން ކުރިއެރުވުމަށްޓަކައި ކުރިއަށް އޮތްތާނގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި ޔުނިސެފާއި ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދެއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ