މާލެ: 31°C

މަސްތުވާތަކެއްޗާއެކު ސިފައިންގެ މީހެއް ހައްޔަރަށް

November 29, 2024
2 ފަހަރު ބަލާފައި
މަސްތުވާތަކެއްޗާއެކު ސިފައިންގެ މީހެއް ހައްޔަރަށް
މަސްތުވާތަކެއްޗާއެކު ސިފައިންގެ މީހެއް ހައްޔަރަށް
މަސްތުވާތަކެއްޗާއެކު ސިފައިންގެ މީހަކު ހައްުޔަރުކޮށްފި އެވެ. ކްރިމިނަލް ކޯޓުން މިރޭ ނެރުނު އަމުރުގައިވާ ގޮތުން އެ މައްސަލާގައި ހައްޔަރުކުރީ އެމްްއެންޑީއެފްގެ ކޯސްޓުގާޑުގައި މަސައްކަތްކުރާ މއ. ނައިޓްވިލާ/ އުސައިދު އަހުމަދު ޝިޔާޒް(21އ.) އެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރީ ރޭ ދަންވަރު 02:45 ހާއިރު ފުލުހުން މާލެ ތެރޭގައި ޕެޓްރޯލް ކުރަމުން ދަނިކޮށް އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކުވެގެން ބަލައިފާސްކުރުމުގެ ތެރެއިންނެވެ. އަދި ފުލުހުން ފެނުމުން ހާސްވެ ސަރަހައްދު ދޫކޮށްދާން ވެސް އޭނާ އުޅުނު ކަމަށް ބުނެފައިވެ އެވެ. އަދި އެ މީހާ ލައިގެން ހުރި ސޯޓުން މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވޭ ދެ ރަބަރު ޕެކެޓް ފެނުނު ކަމަށް ކޯޓު އަމުރުގައި ބުންޏެވެ. އަދި ކުޑަކަމުދާ އެއްޗެތި ޓީއެޗްސީއަށް ޕޮޒިޓިވްވި ކަމަށް ވެސް ބުނެފައިވެ އެވެ. އެހެން ނަމަވެސް އޭނާގެ ކުށުގެ ރެކޯޑްއެއްވެސް ނެތުމާއި އަދި ކުށުގެ ވެށީގައި އުޅޭ މީހަކަށް ވެސް އޭނާ ނުބެލެވޭ ކަމަށް ކޯޓު އަމަރުގައި ބުނެފައިވެ އެވެ. ފެނުނު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތީގެ ބަރުދަން ޓްރެފިކިން މިންގަނޑަށް ނާރާކަން ފާހަގަކޮށްފައިވެ އެވެ. ކޯޓު އަމުރުގައި ބުނީ ބަންދާމެދު ގޮތެއް ނިންމޭނީ ތަހުލީލުތަކުގެ ރިޕޯޓްވެސް ލިބިގެން ކަަމަށާއި އަދި ސިފައިންގެ މީހާއާމެދު މިހާތަނަށް ސުވާލުވެސް ކޮށްފައި ނެތް ކަމަށެވެ. އެހެންވެ ޝަރުތުތަކާއެކު އޭނާ ދޫކޮށްލާފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ