މާލެ: 31°C

ނަޝީދަށް ގްލޯބަލް ސިޓިޒަންޝިޕް އެވޯޑް ލިބިވަޑައިގެންފި

November 29, 2024
2 ފަހަރު ބަލާފައި
ނަޝީދަށް ގްލޯބަލް ސިޓިޒަންޝިޕް އެވޯޑް ލިބިވަޑައިގެންފި
ނަޝީދަށް ގްލޯބަލް ސިޓިޒަންޝިޕް އެވޯޑް ލިބިވަޑައިގެންފި
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގްލޯބަލް ސިޓިޒަންޝިޕް އެވޯޑް ލިބިވަޑައިގެންފި އެވެ. ހެންލީ އެންޑް ޕާޓްނާސްއާާއި ސްވިޒަލެންޑްގެ ޖަމިއްޔާއެއް ކަމަށްވާ އެންޑެން ފައުންޑޭޝަން ގުޅިގެން ދޭ ގްލޯބަލް ސިޓިޒަންޝިޕް އެވޯޑް ރައީސް ނަޝީދަށް އެރުވީ އިންސާނީ ހައްގުތަކަށާއި އަދި ކްލައިމެޓް ޗޭންޖާ ދެކޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅިގެން ނެވެ. އެ އެވޯޑް އެމަނިކުފާނަށް އެރުވީ ސިންގަޕޫރުގައި ކުރިއަށްދާ 18 ވަނަ ގްލޯބަލް ސިޓިޒަންޝިޕްގެ  ކޮންފަރެންސްގެ ގާލާ ރިސެޕްޝަންގެ ތެރެއިން އެވެ. އެ އެވޯޑް ލިބިވަޑައިގެންނެވުމާ ގުޅިގެން ނަޝީދު ވިދާޅުވީ އެއީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ހަގީގީ ބަދަލެއް ގެނެވޭނީ އެންމެން ގުޅިގެން ކަމަށާއި އަދި އެއާއެކު އިންސާނިއްޔަތުކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ނަޝީދަށް އެ އެވޯޑް ލިބުމުން އެމަނިކުފާނުގެ ޕާޓީ ޑިމޮކްރެޓްސްއިން މަރުހަބާވެސް ކިޔައިފައިވެ އެވެ. ނަޝީދަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނެސްދެއްވުމަގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އަދި އެމަނިކުފާނު ވަނީ އެ މަސައްކަތުގައި ޖަލުގައި ވެސް ދުވަސްތަކެއް ވެސް ހޭދަ ކުރައްވައިފަ އެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވިފަހުން އެމަނިކުފާނު މިހާރު އަދާކުރައްވަނީ ކްލައިމެޓް ވަލްނެރިބިލިޓީ ފަންޑު (ސީވީއެފް)ގެ ސެކެޓްރީ ޖެެނެރަލްގެ މަގާމެވެެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ