މާލެ: 31°C

ބިދޭސީން އަތުން ފައިސާ ހޯދާކަމުގެ ތުހުމަތުގައި އިމިގްރޭޝަންގެ 5 މުވައްޒަފެއްގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި

November 29, 2024
2 ފަހަރު ބަލާފައި
ބިދޭސީން އަތުން ފައިސާ ހޯދާކަމުގެ ތުހުމަތުގައި އިމިގްރޭޝަންގެ 5 މުވައްޒަފެއްގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި
ބިދޭސީން އަތުން ފައިސާ ހޯދާކަމުގެ ތުހުމަތުގައި އިމިގްރޭޝަންގެ 5 މުވައްޒަފެއްގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި
މޯލްޑިވްސް އިމިގްރޭޝަންގެ 5 މުވައްޒަފަކު އެކި ފަރާތްތަކުގެ އަތުން ނާޖާއިޒު ގޮތުގައި ފައިސާ ހޯދަމުންދާކަމުގެ ތުހުމަތުގައި ތަހުގީގެއް ފަށައިފާވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ. މިނިސްޓަރު އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޯލްޑިވްސް އިމިގްރޭޝަންގެ 5 މުވައްޒަފަކު ގާނޫނާއި ގަވާއިދާ ހިލާފަށް ބިދޭސީންނާ ގުޅުންހުރި ކަންކަން ކޮށް، އެކި ފަރާތްތަކުން ނާޖާއިޒު ގޮތުގައި ފައިސާ ހޯދަމުންދާކަމުގެ ތުހުމަތުގައި ތަހުގީގެއް ފަށާފައިވާ ކަމަށެވެ. މި މައްސަލައިގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން މެދުވެރިކޮށް ތަހުގީގު ކުރިއަށްދާ ކަމަށާއި މިހާރު ވާނީ ތުހުމަތުކުރެވޭ ފަރާތްތަކުން ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ހިފަހައްޓައި، އެ ފަރާތްތަކުގެ ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ”މިފަދަ ކަންކަމަކީ މި ސަރުކާރުން އެއްވެސް ވަރަކަށް ތަހައްމަލު ކުރާނެ ކަންކަމެއް ނޫން،“ މިނިސްޓަރު އިހުސާން ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، ޔުނިފޯމު އަޅައިގެން ތިބެ ޔުނިފޯމުގެ ހުރުމަތް ކަނޑާލައި، ރައްޔިތުންގެ ކުރިމަތީގައި މުއައްސަސާތަކުގެ އިތުބާރު ގެއްލުވާލަމުންދާ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން އެޅޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމެއް ކަމަށެވެ. މި މައްސަލައިގެ އިތުރު ތަފްސީލުތައް ތަޙުޤީޤު ކުރިއަށްދާ ވަރަކުން ފުލުހުންނާއި ކަމާ ބެހޭ އެހެން އިދާރާތައް ގުޅިގެން ހާމަކުރަމުންދާނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ. އަދި ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލިދާނެ ފަދަ ކަންކަމުން ބަރީއަވެ ތިބުމަށް އެންމެހާ ފަރާތްތަކަށް ތަކުރާރުކޮށް އިލްތިމާސް ކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ