ނަފްސާނީ މައްސަލަތަކާ ގުޅިގެން ޒުވާން އުމުރުގެ ކުދިންނަށް ޓިކްޓޮކްގެ ބިއުޓީ ފިލްޓަރ ބޭނުން ނުކުރެވޭގޮތް ހަދަނީ

ނަފްސާނީ މައްސަލަތަކާ ގުޅިގެން ޒުވާން އުމުރުގެ ކުދިންނަށް ޓިކްޓޮކްގެ ބިއުޓީ ފިލްޓަރ ބޭނުން ނުކުރެވޭގޮތް ހަދަނީ
ލިޔުން:
ނަފްސާނީ މައްސަލަތަކާ ގުޅިގެން ޒުވާން އުމުރުގެ ކުދިންނަށް ޓިކްޓޮކްގައި ބިއުޓީ ފިލްޓަރތައް ބޭނުންކުރުން މަނާކުރަން ނިންމައިފިއެވެ.
ޒުވާން އުމުރުފުރު ފުރައިގެ ކުދިން އަންނަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފިލްޓަރުތައް ބޭނުންކޮށްގެން އެކުދިންގެ އަސްލު ސޫރަ ރީތިކުރުމަށްޓަކައި ބަދަލުތައް ގެންނަމުންނެވެ. އެފަދަ ކުދިންގެ މެދުގައި އެންޒައިޓީގެ މައަސަލަތަށް ބޮޑުވެ އަމިއްލަ ނަފްސަށް އިޙްތިރާމް ކުޑަވުންފަދަ ނަފްސާނީ މައްސަލަތައް ގިނަވަމުން އަންނަ އައުމާ ގުޅިގެން ބިލިޔެނެއްހައި މީހުން ބޭނުންކުރާ ޓިކްޓޮކް އިން މިހާރުދަނީ ބިއުޓީ ފިލްޓަރ ތައް ބޭނުންކުރުމުގައި ގިނަ ހުރަސްތަކެއް އަޅަމުންނެވެ.
އެގޮތުން ކުރިއަށް އޮތް ހަފުތާތަކުގައި ޓީނޭޖަރުން (ޒުވާން އުމުރުފުރައިގެ ކުދިން) ޓިކްޓޮކް ގައި ހުންނަ ފިލްޓަރ ތައް ބޭނުންކޮށްގެން ލޮލަށާއި ތުންފަތާއި މޫނަށް ބަދަލުތައް ގެނެވޭ އާޓިފިޝަލް ފީޗާތައް ބޭނުންކުރުން މަނާކުރުމަށް ވަނީ ނިންމާފައެވެ. ޓިކްޓަކަށް އަންނަ ހަފްތާއިން ފެށިގެން ގެންނަ މި ރެސްޓްރިކްޝަންތައް ފިލްޓަރުތަކަށް އެޕްލައި ކުރާއިރު އޭގެ ތެރޭގައި މޭކަޕް ނުކުރެވޭ ގޮތަކަށް ފީޗާތައް ބަދަލުކުރާ "ބޯލްޑް ގްލެމާ" ހިމެނޭނެ އެވެ.
އަޔަލެންޑް ގެ ޑަބްލިންގ ގައި ހުންނަ ޓިކްޓޮކްގެ ޔޫރަފްގެ މައި މަރުކަޒުގައި ބޭއްވި ސޭފްޓީ ފޯރަމަށްފަހު އެ ރެސްޓްރިކްޝަން ހގެނައުމަށް ނިންމާފައިވަނީ ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ހަގީގީ އުމުރާ އެކު ސޯޝަލް މީޑިއާ ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ މައްޗަށެވެ. މީގެ ކުރިން ޓިކްޓޮކުން ވަނީ އެ ޕްލެޓްފޯމު ބޭނުންކުރާ 13 އަހަރުން ދަށުގެ ކުދިން ބްލޮކް ކުރުމަށް އެ މީހުންގެ ސިސްޓަމްތަކަށް ބަދަލުތަކެއް ގެންނަމުންދާ ކަން ހާމަކޮށްްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
