މާލެ: 31°C

ބަދަލުތައް އަންނާނީ މަޑުމަޑުން: ގަވަރުނަރު

November 28, 2024
2 ފަހަރު ބަލާފައި
ބަދަލުތައް އަންނާނީ މަޑުމަޑުން: ގަވަރުނަރު
ބަދަލުތައް އަންނާނީ މަޑުމަޑުން: ގަވަރުނަރު
ބޭރު ފައިސާ މާރުކުރަން ފެށުމުން މަޑުމަޑުން ފޮނިކަން ފެންނަން ފަށާނެ ކަމަށާއި އެހެން ނަމަވެސް އެއް ފަހަރާ ބަދަލުތަކެއް ނުފެންނާނެ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިރޭ ވިދާޅުވެއްޖެ އެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމުން މިރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ގަވަރުނަރު ވިދާޅުވީ ރިސޯޓުތަކުން ބޭރު ފައިސާ މާރުކުރަން ޖެހޭ ގޮތަށް ގެނައި ބަދަލާއެކު ސަރުކާރުން މިހާރު އަމާޒުތަކެއް ވެސް ކަނޑައަޅާފައިވާ ކަމަށެވެ. އެންމެ ބޮޑު އަމާޒަކީ 2026 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ މީހަކަށް ދޫކުރާ 500 ޑޮލަރުވެސް ބޮޑުކުރުން ކަމަށް ވިދާޅުވި އެވެ. އަދި އާސަންދަ މެދުވެރިކޮށް ބޭސްފަރުވާ އަށް ބޭރަށްދާ ފަރާތްތަކަަށް ދޫކުރާ ޑޮލަރުވެސް އިތުރުކުރަން އަމާޒު ހިފާފައިވާ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކިޔަވާ ދަރިވަރުންނަށް މިހާރު އޮންނަ ޑޮލަރު ލިމިޓުވެސް ބޮޑުކުރަން ބޭނުންވާ ކަމަށާއި ނަމަވެސް އެކަން ވެސް ކުރެވޭނީ ބޭންކުތަކަށް ވަންނަ ޑޮލަރު އިތުރުވެގެން ކަމަށެވެ. މިހާރު ބޭރު ފައިސާ ދޫކުރެވެނީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެސްޓީއޯއަށް ކަމަށާއި އެހެން ނަމަވެސް ބޭރު ފައިސާ ލިބޭ ނަމަ ސަރުކާރުގެ އެހެން ކުންފުނިތަކަށް ވެސް ބޭރު ފައިސާ ދޫކުރެވި ކަޅު ބާޒާރުގައި ޑޮލަރު ދަށް ކުރުމުގެ ފުރުސަތު ލިބިގެންދާނެކަންވެސް މުނައްވަރު ފާހަގަކުރެއްވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ