މާލެ: 31°C

ބައިނަލް އަގުވާމީ ޒަކާތް ކޮންފަރެންސް ފަށައިފި

November 28, 2024
2 ފަހަރު ބަލާފައި
ބައިނަލް އަގުވާމީ ޒަކާތް ކޮންފަރެންސް ފަށައިފި
ބައިނަލް އަގުވާމީ ޒަކާތް ކޮންފަރެންސް ފަށައިފި
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސް، އިންޒެކް 2024 ފަށައިފި އެވެ. އެ ކޮންފަރެންސް ކުރިއަށް ދަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ އެވެ. ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސްގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ގާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމު ކުރިއެރުވުން ހިމެނޭއިރު، ކޮންފަރެންސްގައި އިލްމުވެރިންނާއި އެ މަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާ އަދި މުޖުތަމައުގެ އިސްވެރިން ބައިވެރިވެ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެ ފަރާތްތައް ގުޅިގެން އިޖުތިމާއީ ދުޅަހެޔޮކަމާއި އިގުތިސޯދީ ހަމަޖެހުމަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކޮންފަރެންސްގައި ރާއްޖޭގެ އެކި މުއައްސަސާތަކުންނާއި މެލޭޝިޔާގެ ބައެއް އިންސްޓިޓިއުޝަންތަކުން ބައިވެރިވާއިރު، ޕެނެލިސްޓުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންނާއި އިސްލާމިކް ފައިނޭންސް އާއި އިގުތިސޯދީ ދާއިރާގެ މާހިރުން ބައިވެރިވެ އެވެ. ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގުން ހަރުދަނާކޮށް، ޒަކާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ވަކި އިދާރާއެއްގެ ގޮތުގައި ޒަކާތު ހައުސް އުފައްދައި، އެ އިދާރާ ރަސްމީކޮށް އިފުތިތާހުކުރީ މިދިޔަ ޖެނުއަރީ މަހުގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ