ޒަކާތުން ފަންޑުން ޣައްޒާގެ ރައްޔިތުންނަށް އެއް ލައްކަ ޑޮލަރު ހަދިޔާކުރުމަށް ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާއި ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ޒަކާތުން ފަންޑުން ޣައްޒާގެ ރައްޔިތުންނަށް އެއް ލައްކަ ޑޮލަރު ހަދިޔާކުރުމަށް ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާއި ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
ލިޔުން:
ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ޣައްޒާގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ނިންމާފައިވާ އެއްލައްކަ ޑޮލަރު، ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާއި ހަވާލުކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އޮންލައިންކޮށް ކުރިއަށް ގެންދެވި ސޮއިކުރުމުގެ އެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. ޤަތަރު ރެޑްްކްރެސެންޓް ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ފައިސަލް މުޙައްމަދު އަލްއެމަދީއެވެ.
އެރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ 1 ލައްކަ ޑޮލަރު ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާއި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 2 ޕޭމަންޓަކަށް ބަހާލައިގެންކަމަށާއި ދިވެހި ރާއްޖޭގެ ޒަކަތު ހައުސްގެ ފަރާތުން ފޮނުވާ އެއް ލައްކަ ޑޮލަރު ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ޤަތަރު ރެޑްކްރެސެންޓް ސޮސައިޓީން ކުރިއަށް ގެންދާ މަޝްރޫއުއަށް ކަމަށެވެ.
އެރްސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް ވަނީ، ޒަކާތު ފަންޑުން މީގެ ކުރިން ރާއްޖޭން ބޭރުގެ ފަރާތަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާކަމަށާއި މި އެހީތެރިކަމަކީ ރާއްޖޭގެ ޒަހކާތު ހައުސްއިން އެފަދަ ގޮތަކަށް ރާއްޖެއިން ބޭރުގެ ފަރާތަކަސް ވެދެއްވާ ފުރަތަމަ އެހީތެރިކަން ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
