މާލެ: 31°C

ރެއާލް މެޑްރިޑް ބަލިކޮށް ޗެމްޕއަންސް ލީގުގައި ހުރިހާ މެޗަކުން މޮޅުވަމުން އައި ރެކޯޑް ލިވަޕޫލުން ދަމަހައްޓައިފި

November 28, 2024
2 ފަހަރު ބަލާފައި
ރެއާލް މެޑްރިޑް ބަލިކޮށް ޗެމްޕއަންސް ލީގުގައި ހުރިހާ މެޗަކުން މޮޅުވަމުން އައި ރެކޯޑް ލިވަޕޫލުން ދަމަހައްޓައިފި
ރެއާލް މެޑްރިޑް ބަލިކޮށް ޗެމްޕއަންސް ލީގުގައި ހުރިހާ މެޗަކުން މޮޅުވަމުން އައި ރެކޯޑް ލިވަޕޫލުން ދަމަހައްޓައިފި
ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލުން އެންފީލްޑް ގައި ކުޅުނު މެޗްގައި ރިއާލް މެޑްރިޑް 2-0 އިން ބަލިކޮށް ޗެމްޕިއަންސް ލީގުގެ ހުރިހާ މެޗަކުން މޮޅުވަމުން އައި ރެކޯޑް ލިވަޕޫލުން ދަމަހައްޓައިފިއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވިނަމަވެސް ދެވަނަ ހާފު ފެށުމާ އެކު ލިވަޕޫލުން ދިޔައީ ރެއާލް އަށް ޕްރެޝަރ ބޮޑުކޮށް ގޯލަށް އަމާޒުކޮށް ހަމަލާތައް ފޮނުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 52 ވަނަ މިނެޓްގައި އަލެކްސިސް މެކް އަލިސްޓާ ވަނީ ލިވަޕޫލަށް ފުރަތަމަ ގޯލް ޖަހައިދީފައެވެ. އޭގެ 10 މިނެޓް ފަހުން ރެއާލް އަށް މެޗުގެ 61 ވަނަ މިނެޓްގައި ޕެނަލްޓީއެއް ލިބުނު ނަމަވެސް ކިލިއަން އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު ކޮއިމްހިން ކެލަހާ ވަނީ މަތަކޮށްފަ އެވެ. ރިއާލް އަން ލިބުނު ޕެނަލްޓީ މިސްކޮށްލިތާ 10 މިނެޓް ފަހުން މެޗުގެ 70 ވަނަ މިނެޓްގައި ލިވަޕޫލަށް ވެސް ވަނީ ޕެނަލްޓީއެއް ލިބިފައިވެ އެވެ. މުހައްމަދު ސަލާ ފޮނުވާލި ޖެހި އެ ޕެންލްޓީވެސް ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ. ނަމަވެސް އޭގެ 6 މިނެޓް ފަހުން މެޗްގެ 76 ވަނަ މިނެޓްގައި ކާޓިސް ޖޯންސް ނަގައިދިން ހުރަހަކުން ބޮލުން ރިއާލް ގެ ގޯލްތެރެއަށް ބޯޅަ ފުނުވާލައިގެން ކޯޑީ ގަކްޕޯ ވަނީ މެޗްގެ 2 ވަނަ ގޯލް ލިވަޕޫލަށް ކާމިޔާބްކޮށް=ދީފައެވެ. އެ މެޗުން ލިބުނު 3 ޕޮއިންޓާއެކު ލިވަޕޫލުން އޮތީ ޗެމްޕިއަންސް ލީގުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ހޯދައިގެން އެއްވަނައިގަ އެވެ. ރެއާލް މެޑްރިޑު އޮތީ 5 މެޗުން ލިބުނު 6 ޕޮއިންޓާ އެކު ތާވަލްގެ 24 ވަނައިގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ