މާލެ: 31°C

4 އަހަރުގެ އަންހެެން ކުއްޖަކަށް 18 އަހަރުން ދަށުގެ ފިރިހެންކުއްޔަކު ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

November 28, 2024
2 ފަހަރު ބަލާފައި
4 އަހަރުގެ އަންހެެން ކުއްޖަކަށް 18 އަހަރުން ދަށުގެ ފިރިހެންކުއްޔަކު ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ
4 އަހަރުގެ އަންހެެން ކުއްޖަކަށް 18 އަހަރުން ދަށުގެ ފިރިހެންކުއްޔަކު ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ
18 އަހަރު ނުފުރޭ ފިރިހެން ކުއްޖަކު 4 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނި މެދު ރާއްޖެތެރޭގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ 21 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށާއި، އެކަމާ ގުލިގެން ފުލުހުންގެ ފަރާތުން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މެސެޖުގައި ފުލުހުން ބުނީ ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށް ވާތީ، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަނުކުރާނެ ކަމަށެވެ. ފުލުހުން މިކަން ހާމަކޮށްފައިވަނީ އއ.ރަސްދޫގައި 16 އަހަރުގެ ފިރިހެންކުއްޖެއް އެކުއްޖާގެ ދެބެންގެ ދެދަރި 4 އަހަރުގެ ކުޑަ އަންހެންކުއްޖަކާ ޖިންސީ ގުޅުން ހިންގަން އުޅުނު ކަމަށްބުނެ މީސްމީޑިއާގައި އެ ވާހަކަ އާއްމު ވެފައިވަނިކޮށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ