މާލެ: 31°C

މާލޭ ހުޅަނގުފަރާތު ތޮށިބޭރު މޫދުގައި އަނިޔާވެފައި އޮއްވާ ފެނުނު މީހާ ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ

November 27, 2024
2 ފަހަރު ބަލާފައި
މާލޭ ހުޅަނގުފަރާތު ތޮށިބޭރު މޫދުގައި އަނިޔާވެފައި އޮއްވާ ފެނުނު މީހާ ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ
މާލޭ ހުޅަނގުފަރާތު ތޮށިބޭރު މޫދުގައި އަނިޔާވެފައި އޮއްވާ ފެނުނު މީހާ ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ
އިންދިރާގަންދީ މެމޯރިއަލް ހޮސްޕިޓަލާ ދިމާލު ތޮށިބޭރު މޫދުގައި އަނިޔާވެފައި އޮއްވާ ފެނުނު މީހާ ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ
ފުލުހުން ބުނެފައިވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އެމީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. މަރުވެފައިވަނީ އުމުރުން 55 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ ހާދިސާއާއި ގުޅޭ މައުލޫމާތު މީޑިއާތަކާ ހިއްސާކުރަމުން ފުލުހުން ކުރިން ބުނެފައިވަނީ އަނިޔާވެފައިވަނީ 55 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި، ބެލެވޭ ގޮތުގައި އެމީހާ މޫދުގައި އޮއްވައި އެސަރަހައްދުން ދަތުރުކުރި ލޯންޗަކުން އެމީހާގެ ބޮލުގައި ޖެހިފައިވާކަމަށެވެ. އެ މައްސަލަ ފުލުހުން މިހާރުދަނީ ތަހުގީގުކުރަމުންކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ