އިސްރަށްވެހިންގެ ދަފްރަތެއް އެކުލަވާލަނީ

އިސްރަށްވެހިންގެ ދަފްރަތެއް އެކުލަވާލަނީ
ލިޔުން:
އިސްރަށްވެހިންގެ ރެޖިސްޓްރީއެއް އެކުލަވާލުމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެ މިނިސްޓްރީއާއެކު ޕެންޝަން އޮފީހާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ޕެންޝަން އޮފީހުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޗީފް އެގްޒެކެޓިވް އޮފިސަރު، ސުޖާތާ ހަލީމް އެވެ.
އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރީ ސްޓޭޓް މިނިސްޓަރު، އިބްރާހީމް އިސްމާއިލް އަލީ އެވެ.
އެ އެއްބަސްވުމުގެ ދަށުން، ޕެންޝަން އޮފީހުން ތައްޔާރުކޮށްފައިވާ ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް އިސްރަށްވެހިންގެ ރަޖިސްޓްރީ ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ފުރުސަތު ޕެންޝަން އޮފީހުން މިނިސްޓްރީއަށް ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އަދި އެ މައުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ވެސް ޕެންޝަން އޮފީހުން މިނިސްޓްރީއަށް ފޯރުކޮށް ދެވިގެންދާނެ އެވެ.
މި ސަރުކާރުން އަންނަނީ އިސްރަށްވެހިންނަށް އަމާޒުކޮށް ގިނަ ފުރުސަތުތަކެއް ފަހިކޮށް ދެމުންނެވެ. އިސްރަށްވެހިންނަށް އަމާޒުކޮށް ދީނީ ޕްރޮގްރާމްތަކެއް ވެސް އެބަ ހިންގަ އެވެ.
ހުޅުމާލެ ފޭސް 2 ގައި އިސްރަށްވެހިންގެ ނާދީއެއް ވެސް ވަނީ ތަރައްގީކޮށްފައިވެ އެވެ.
އިސްރަށްވެހިންގެ ނާދީއަކީ، އުމުރުން 55 އަހަރުން މަތީ މީހުންގެ އިޖްތިމާއީ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ތަރައްގީކޮށް އެފަރާތްތަކަށް ހިތްހަމަޖެހިލައިގެން ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަރުމާކޮށް ތައްޔާރުކުރެވިފައިވާ ތަނެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
