މާލެ: 31°C

56.6 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި

November 27, 2024
2 ފަހަރު ބަލާފައި
56.6 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި
56.6 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 70 މެންބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސްކުރުމާ ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ. މަޖިލީހުން ބަޖެޓް ފާސްކޮށްފައިވަނީ ބަޖެޓް ކޮމިޓީން ހުށަހަޅާފައިވާ ޖެނެރަލް ރެކޮމެންޑޭޝަންތައް އުނިކުރުމަށްފަހު އެވެ. ބަޖެޓް ކޮމިޓީގެ ޖެނެރަލް ރެކޮމެންޑޭޝަންތައް އުނިކުރުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ ވޯޓުންނެވެ. އަދި މިކަމާއި ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި އެވެ. ބަޖެޓް ކޮމިޓީގެ ރިޕޯޓުގައި ހިމެނޭ ޖެނެރަލް ރެކޮމެންޑޭޝަންތަކުގެ ތެެރޭގައި ހިމެނެނީ މަޝްރޫއުތަކުގެ ތެރެއިން އަމަލީ މަސައްކަތް ފަށާ މަޝްރޫއުތަކާއި އެ މަޝްރޫއުތައް ބެހިފައިވާ ގޮތް އެނގޭނެ ގޮތުގެ ލިސްޓެއް ފެބްރުއަރީގެ ނިޔަލަށް މަޖިލީހަށް ހުށަހެޅުއްވުމަށެވެ. އަދި މިހާރު ސޮއިކޮށްފައިހުރި މަޝްރޫއުތަކުގެ ތެރެއިން ހިންގާނެ އަދި ނުހިންގޭނެ މަޝްރޫއުތައް އެނގޭނެ ގޮތަށް މާޗުގެ ކުރިން މަޖިލީހަށް ހުށަހެޅުމަށާއި މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ސްޓޭޓަސް ރިޕޯޓެއް ކޮންމެ ކުއާޓާއެއްގައި މަޖިލީހަށް ހުށަހެޅުމަށް ހުށަހެޅުއްވި އެވެ. 2025 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު ހަރަދު ކުރުމަށް ވަނީ 49.2 ބިލިއަން ރުފިޔާ ހިމަނާފަ އެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އޭގެތެރެއިން ޓެކްސް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 29.2 ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި 2.6 ބިލިއަން ރުިފޔާ ލިބޭކަމަށް ލަފާކޮށްފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ