މާލެ: 31°C

އިންދިރާގަންދީ މެމޯރިއަލް ހޮސްޕިޓަލާ ދިމާލު ތޮށިބޭރު މޫދުގައި އަނިޔާވެފައި އޮތް މީހަކު ފެނިއްޖެ

November 27, 2024
2 ފަހަރު ބަލާފައި
އިންދިރާގަންދީ މެމޯރިއަލް ހޮސްޕިޓަލާ ދިމާލު ތޮށިބޭރު މޫދުގައި އަނިޔާވެފައި އޮތް މީހަކު ފެނިއްޖެ
އިންދިރާގަންދީ މެމޯރިއަލް ހޮސްޕިޓަލާ ދިމާލު ތޮށިބޭރު މޫދުގައި އަނިޔާވެފައި އޮތް މީހަކު ފެނިއްޖެ
އިންދިރާގަންދީ މެމޯރިއަލް ހޮސްޕިޓަލާ ދިމާލު ތޮށިބޭރު މޫދުގައި އަނިޔާވެފައި އޮތް މީހަކު ފެނިގެން ފުލުހުންގެ އެހީތެރިކަމާއެކު އެމީހާ ނަގައިގެން ހޮސްޕިޓަލަށް ގެންގޮސްސިއެވެ. އެ ހާދިސާއާއި ގުޅޭ މައުލޫމާތު މީޑިއާތަކާ ހިއްސާކުރަމުން ފުލުހުން ބުނެފައިވަނީ އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށް ކަމަށެވެ. އަދި ހޮސްޕިޓަލާ ޚަވާލާދީ ފުލުހުން ބުނެފައިވަނީ އަނިޔާ ލިބިފައިވަނީ އެމީހާގެ ބޮލަށް ކަމަށާއި، ބެލެވޭ ގޮތުގައި އެމީހާ މޫދުގައި އޮއްވައި އެސަރަހައްދުން ދަތުރުކުރި ލޯންޗަކުން އެމީހާގެ ބޮލުގައި ޖެހިފައިވާކަމަށެވެ. އެ މައްސަލަ ފުލުހުން މިހާރުދަނީ ތަހުގީގުކުރަމުންކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ