މާލެ: 31°C

ޗައިނާ ސަފީރުގެ ދައުރު ހަމަވެއްޖެ

November 27, 2024
2 ފަހަރު ބަލާފައި
ޗައިނާ ސަފީރުގެ ދައުރު ހަމަވެއްޖެ
ޗައިނާ ސަފީރުގެ ދައުރު ހަމަވެއްޖެ
ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވޮންގ ލިޒިންގެ ދައުރު ހަމަވެ ރާއްޖެއިން ވަޑައިގެންނެވުމުގެ ކުރިން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި އެވެ. މި ބައްދަލުވުން ބޭއްވުނީ އިއްޔެގެ ވަގުތެއްގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގަ އެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޚަލީލް، ސަފީރު ލިޒިން ދައުރުގައި އެކަމަނާ ކޮށްދެއްވާފައިވާ މުހިއްމު މަސައްކަތްތައް ފާހަގަކުރައްވައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ކުރިއެރުވުމަށްޓަކައި އެކަމަނާ ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ. ސަފީރު ލިޒިން ވިދާޅުވީ އެކަމަނާގެ ދައުރުގައި ދިވެހި ސަރުކާރުން ބެހެއްޓެވި ގާތްކަން ފާހަގަކުރައްވާ ކަމަށެވެ. އަދި އެކަމަނާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ދެއްވި އެއްބާރުލެއްވުމަށް ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، ކުރިޔަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ