މާލެ: 31°C

ސްޕޯޓްސް ކާރު އެކްސިޑެންޓްގައި ކާރު ދުއްވަންއިން މީހާ ދައުވާތަކަށް އިއުތިރާފް ވެއްޖެ، ދެންތިބި ދެ މީހުން ދައުވާތަކަށް އިންކާރު ކޮށްފި

November 27, 2024
2 ފަހަރު ބަލާފައި
ސްޕޯޓްސް ކާރު އެކްސިޑެންޓްގައި ކާރު ދުއްވަންއިން މީހާ ދައުވާތަކަށް އިއުތިރާފް ވެއްޖެ، ދެންތިބި ދެ މީހުން ދައުވާތަކަށް އިންކާރު ކޮށްފި
ސްޕޯޓްސް ކާރު އެކްސިޑެންޓްގައި ކާރު ދުއްވަންއިން މީހާ ދައުވާތަކަށް އިއުތިރާފް ވެއްޖެ، ދެންތިބި ދެ މީހުން ދައުވާތަކަށް އިންކާރު ކޮށްފި
ހުޅުމާލެ ވިނަރެސް ސަރަޙައްދުގައި މިއަހަރުގެ ޖުލައިމަހު ހިނގި ސްޕޯޓްސް ކާރު އެކްސިޑެންޓްގައި ކާރު ދުއްވަންއިން މީހާ ދައުތަލަތުން އުފުލާފައިވާ ދައުވާއަށް އިއުތިރާފް ވެއްޖެއެވެ. މި އަހަރުގެ ޖުލައިމަހުގެ 31 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ސަރަހައްދުން ބާރު ސްޕީޑުގައި ދުއްވި ސްޕީޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް ސައިކަލެއްގެ މަތީގައި މަޑުކޮސްލައިގެން އިން މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވަނީ އެ ވަގުތު ކާރު ދުއްވަން އިން ކ.މާލެ މ.ލޭންޑް އޮފް ގާޑެން އިކްރާމް އިބްރާހިމްގެ މައްޗަށާއި ކާރުގައި އެވަގުތު ތިބި ކ.މާލެ ހ.ނޫރަންމާގެއާގޭ އިކްރާމުއްރަހްމާނާއި ގއ.ކަނޑުހުޅުދޫ އާޒާދުގޭ ޖިނާހު އިސްމާއިލްގެ މައްޗަށެވެ. މިއަދު ކްރިމިނަލް ކޯޓުގައި އޮތް އެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން ވަނީ 3 މީހުންގެ މައްޗަށް ވެސް ދައުވާ އިއްވައިފަ އެވެ. ދައުވާތަކަށް ޖަވާބުދާރީވާން ފުރުސަތު ދިނުމުން އިކްރާމްގެ ފަރާތުން އޭނާގެ ވަކީލު ބުނެފައިވަނީ އިކްރާމް ދައުވާތަކަށް އިޢުތިރާފް ވާކަމަށާއި އެހެންކަމުން ދައުލަތާ އެކު އިއުތިރާފު އެއްބަސްވުމެއް ހަދަން އިކްރާމް ބޭނުންވާ ކަމަށެވެ. އަދި އެކަން ދައުލަތައް ހުށަހަޅާފައިވާނެ ކަމަށްވެސް އިކުރާމުގެ ވަކީލު ވިދާޅުވި އެވެ. އެއަށްފަހު ދައުލަތުގެ ވަކީލު ވިދާޅުވީ އިކްރާމްގެ އެ ހުށަހެޅުން ލިބިފައިވާ ކަމަށާއި އެއްބަސްވުމެއް ހެދުމާ މެދު ގޮތެއް ނިންމުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެއަށްފަހު އިކުރާމުގެ ފަރާތުން އޭނާގެ ވަކީލު އެދިފައިވަނީ އެއްބަސްވުން ހަދައި ނިމެންދެން ޝަރީއަތުގައި ދައުވާތަކަށް ޖަވާބުދާރީނު މަޑުކޮށްދިނުމަށް ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް އެންގެވީ މިއަދުގެ އަޑުއެހުމުގައި ދައުވާތަކަށް ޝަރީއަތުގައި އިކްރާމް ޖަވާބްދާރީ ވުމަށެވެ. އެ އެންގެވުމާ ގުޅިގެން ވަކީލް ވިދާޅުވީ އިކްރާމްގެ މައްޗަށް ކުރާ 6 ދައުވާ އަށް ވެސް އިކްރާމް އިޢުތިރާފް ކަމަށެވެ. މިއަދުގެ ޝަރީއަތުގައި އެ އެއްކްސިޑެންޓާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ އަނެއް 2 މީހުންވެސް (ޖިނާހާއި، އިކްރާމުއްރަހްމާން) ވަނީ އެ މީހުން މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކަށް  އިންކާރުކޮށްފަ އެވެ. އެ 2 މީހުން ދައުވާތަކަށް އިންކާރުކުރުމާ ގުޅިގެން ދައުލަތުން ވަނީ އެ ދެމީހުންގެ މައްޗަށް އެމައްސަލައާއި ގުޅޭ ހެކި ހުށަހަޅާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ