އަންނަ އަހަރުގެ ބަޖެޓު އަޅުގަނޑުމެން ހަދާފައި އެއޮތީ މި ދެންނެވި ގޮތަށް އެންވެލޮޕެއްގެ ތެރެއިން މަޝްރޫއު ކުރިއަށް ގެންދެވޭ ގޮތަށް އެހެންވީމާ އަޅުގަނޑުމެންނަށް ކުރިއަށް ގެންދަން ފުރުސަތު ލިބޭ ވަރަކަށް ހުރިހާ މަޝްރޫއުއެއް ވެސް ކުރިއަށް ގެންދާ ގޮތަށްމިނިސްޓަރ މުއްތަލިބް ވިދާޅުވިއެވެ.
ނުހިންގޭވަރަށް މިދިޔަ ސަރުކާރުން މަޝްރޫޢުތައް ފަށާފައިއެބަހުރި: މިނިސްޓަރ މުއްތަލިބް

ނުހިންގޭވަރަށް މިދިޔަ ސަރުކާރުން މަޝްރޫޢުތައް ފަށާފައިއެބަހުރި: މިނިސްޓަރ މުއްތަލިބް
ލިޔުން:
ދައުލަތުގެ ބަޖެޓުން ނުހިންގޭނެ ވަރަށް މިދިޔަ ސަރުކާރުން މަޝްރޫއުތައް ފަށާފައިއެބަހުރިކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ މުއްތަލިބް ވިދާޅުވީ މިދިޔަ ސަރުކާރުން ސޮއިކޮށްފައި ހުރި މަޝްރޫއުތަކުގެ އަގު 39 ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި، ދައުލަތުގެ ބަޖެޓުން އެ މަޝްރޫއުތައް ނުހިންގޭނެ ކަމަށެވެ. ސަބަބަކީ މަޝްރޫއުތައް ހިންގުމުގެ އިތުރަށް ދައުލަތުން ޚަރަދު ކުރުމުގައި ދިވެހި ދައުލަތައް ލިބޭ އާމްދަނީއާއި ލޯނުތަކުން ލިބޭ ފައިސާއަށްވެސް ރިޔާއަތްކުރަންޖެހޭ ކަމަށެވެ.
އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ މުއްތަލިބް ވިދާޅުވީ ސަރުކާރު ބަދަލުވެގެންއައި އިރު ކުރީ ސަރުކާރުން މ،ިއަހަރަށް ލަފާކޮށްފައިވާ ބަޖެޓްގައި ގިނަ މަޝްރޫޢުތަކަށް ޖަހާފައި އޮތީ ވަރަށް ކުޑަ އަދަދެއްގެ ފައިސާކަމަށާއި، އެހެންކަމުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ސަރުކާރުން ފައިސާ ހިމަނާފައިވާނީ އެންވެލޮޕްއެއްގެ ތެރެއިން މަސްރޫޢުތައް ކުރިއަށްގެންދިއުމަށް ކަމަށާއި، އެގޮތުން ކުރިއަށް ގެންދަން ފުރުސަތު ލިބޭ ވަރަކަށް ހުރިހާ މަޝްރޫޢުއެއްވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
