މާލެ: 31°C

ބައި ޓަނުގެ މަސްތުވާތަކެތި ފެނުނު ބޯޓުގައި ތިބި ފަސް މީހުންނަށް 30 ދުވަހުގެ ބަންދު ޖަހައިފި

November 26, 2024
2 ފަހަރު ބަލާފައި
ބައި ޓަނުގެ މަސްތުވާތަކެތި ފެނުނު ބޯޓުގައި ތިބި ފަސް މީހުންނަށް 30 ދުވަހުގެ ބަންދު ޖަހައިފި
ބައި ޓަނުގެ މަސްތުވާތަކެތި ފެނުނު ބޯޓުގައި ތިބި ފަސް މީހުންނަށް 30 ދުވަހުގެ ބަންދު ޖަހައިފި
ރާއްޖޭގެ ސަރަަހައްދުން 468 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ލަންކާގެ މަސް ބޯޓުގެ ފަޅުވެރިންގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ. އެ ބޯޓު އެމްއެންޑީއެފްގެ ކޯސްޓު ގާޑުން ހިފެހެއްޓީ އާދިއްތަ ދުވަހުގެ ރޭ ދަންވަރު 12:45 ކަންހާއިރު ހދ. މަކުނުދޫ ކައިރިން ކަމަށެވެ. ކޯސްޓު ގާޑުގެ އޮފިސަރުންނާއި ކުޅުދުއްފުށި ސިޓީގެ ފުލުހުން އެ ބޯޓު ބަލައި ފާސްކުރި އިރު 468.6 ކިލޯގެ މަސްތުވާތަކެތި ފެނުނު ކަމަށް އެ ބައްދަލުވުމުގައި ސީޕީ ވިދާޅުވި އެވެ. އަދި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރިއިރު އޭގެ ނަތީޖާތަކުން 344 ކިލޯގެ މެތު އާއި 124.6 ކިލޯގެ ކޮކެއިން ފެނުނު ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ. ފުލުހުން މިއަދު ބުނީ، އެ ބޯޓުން ހައްޔަރުކުރީ ސްރީ ލަންކާއަށް ނިސްބަތްވާ 5 މީހުން ކަމަށެވެ. ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފައިވެ އެވެ. އެއީ؛
  1. ރާޖްޕަކްޝަ ގެމަގޭ ދެނޫޝަ މަޑުމަލް (21 އަހަރު)
  2. މުއްތިމާ ޕަޓަބިންދިގޭ އަމިޝްކް ސަންޖީވަ ކުމާރަ (22 އަހަރު)
  3. ޗަމޮދް ދިވަންގާ ދިލަކާވަ (22 އަހަރު)
  4. ލޮރެންސު ހޭވާގީ ސަރަތު (56 އަހަރު)
  5. ވިޖޭވީރަ ގުނަރަތުނާ މަހާވިދޯމާ (37 އަހަރު)
އެ މީހުން 30 ދުވަހަށް ބަންދު ކުރުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ