މާލެ: 31°C

ފުރުގާން މިސްކިތަށް ގެއްލުންދިން މީހާ ހައްޔަރުކޮށްފި

November 26, 2024
2 ފަހަރު ބަލާފައި
ފުރުގާން މިސްކިތަށް ގެއްލުންދިން މީހާ ހައްޔަރުކޮށްފި
ފުރުގާން މިސްކިތަށް ގެއްލުންދިން މީހާ ހައްޔަރުކޮށްފި
ފުރުގާން މިސްކިތަށް ގެއްލުންދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެ މިސްކިތަށް ގެއްލުން ދީފައިވާ މައްސަލަ ފެންމަތިވުމާއެކު އާދިއްތަ ދުވަހު އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މައްސަލާގައި މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ގ. މާލެހިޔާ, 2-02-13, ނައުޝާދު މޫސާ (30އ) އެވެ. ފުލުހުން ބުނީ އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. ފުރުގާން މިސްކިތުގައިވާ ތަކެއްޗަށް ގެއްލުންދީފައިވާ މަންޒަރުތަކުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވީ ދީނީ އިލްމުވެރިޔާ އާދަމް ނިޝާން އަލީ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ