މިފްކޯގެ މަސްގަންނަ ބޯޓު ތަކެއް ނިލަމުގައި ވިއްކާލަނީ

މިފްކޯގެ މަސްގަންނަ ބޯޓު ތަކެއް ނިލަމުގައި ވިއްކާލަނީ
ލިޔުން:
މޯލްޑިވސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސް ގަންނަން ބޭނުކުރަމުންއައި ދެ މަސްބޯޓެއް ނީލަމުގައި ވިއްކާލަން އިޢުލާނުކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ގެޒެޓްގައި މިފްކޯއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ވިއްކާލަނީ އެ ކުންފުނީގެ ރަންދި 27 އާއި ރަންދި 22 ކަމަށެވެ. މަސްގަތުމުގައި ކުރިން ބޭނުންކުރަމުނައައި އެ ދެ ބޯޓު ބެސް ވިއްކަން އިއުލާނުކޮށްފައި ވަނީ ސިޓީލާ ނީލަމުގެ އުސޫލުން އެއްމެ ބޮޑު އަގެއް ހުށަހަޅާފައިވާ ފަރާތަކަށެވެ. އެގޮތުން "ރަނދި 22" ގެ ނީލަން ފެށޭ އަގަކީ 500،000ރ. ކަމަށާއި، އަދި "ރަނދި 27" ގެ ނީލަން ފެށޭ އަގަކީ 600،000ރ. ރުފިޔާކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
އިޢުލާނުގައި ބަޔާންކޮށްްފައިވާގޮތުން ނިލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އިޢުލާނުގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަކުރުމަށްފަހު ނީލަމުގައި ބައިވެރިވުމަށް އެދި ސިޓީއަކުން ހުށަހަޅަންޖެހޭނެއެވެ. އަދި ނީލަމުގައި ގަންނަން ބޭނުންވާ ބޯޓުގެ ނީލަން ފެށޭ އަގުގެ %10 ޑިޕޮސިޓްގެ ގޮތުގައި މިފްކޯގައި ބަހައްޓަން ޖެހޭނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކުން އަގު ހުށަހަޅަން ޖެހޭނީ އަގުޖައްސަވައިފައިވާ ސިޓީއެއް މިފްކޯގައި އެކަމަށް ހާއްސަކޮށްފައިވާ ބޮކްސް އަކަށް ލައިގެން ކަމަށާއި ކޮންމެ ދުވަހަކުވެސް ހުށަހަޅާގފައިވާ އެއްމެ މަތީ އަގު ރަސްމީ ބަންދޫ ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10 ގެ ކުރިން އެ ކުންފުނީގެ ވެބްސައިޓްގައި ޝާއިރު ކުރާނެ ކަމަށާއި، ނީލަން ކާމިޔާބު ކުރި ކަމަށް ކަނޑައަޅާނީ ވިދިވިދިިގެން 3 ދުވަހު އަގަށް ބަދަލުނައިސް އޮންނަ އެމްމެ މަތީ އަގެއް ހުށަހަޅާފައިވާ ފަރާތަކަށް ކަމަށާއި އަދި ކޮންމެ ފަހަރަކުވެސް ނިލާމުގެ އަގަށް މަދުވެގެން އިތުރުކުރެވޭނީ 25000ރ ކަމަށްވެސް އިއުލާނުގައި ބަޔާންކޮސްފައިވެއެވެ.
ބޯޓަތައް މިހާރު ހުރީ ޅ.ފެލިވަރުގައި ކަމަށާއި ބޯޓުތަކުގެ ހާލަތު ބަލަން ބޭނުންވާ ފަރާތްތަކުން ފެލިވަރަށް ދިޔުމުން ބޯޓުގެ އިންސްޕެކްޓް ކުރުމުގެ ފުރުސަތު ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
