މާލެ: 31°C

އިސްރާއިލް ޕާސްޕޯޓް މައްސަލައިގަ ދޮގުހަދައި ދިވެހިންނަށް އޮޅުވާލައިފި: އުމަރު ނަސީލރު

November 26, 2024
2 ފަހަރު ބަލާފައި
އިސްރާއިލް ޕާސްޕޯޓް މައްސަލައިގަ ދޮގުހަދައި ދިވެހިންނަށް އޮޅުވާލައިފި: އުމަރު ނަސީލރު
އިސްރާއިލް ޕާސްޕޯޓް މައްސަލައިގަ ދޮގުހަދައި ދިވެހިންނަށް އޮޅުވާލައިފި: އުމަރު ނަސީލރު
އިސްރާއިލް ޕާސްޕޯޓް މައްސަލައިގަ ދޮގުހަދައި ދިވެހިންނަށް އޮޅުވާލައިފިކަމަށް އުމަރު ނަސީލރު ވިދާޅުވެއްޖެއެވެ. އުމަރުގެ އެކްސް އެކަުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވނީ ފަލަސްތީނުގައި މުސްލިމުން މަރާ ބަނޑަށް ޖައްސާ ގެދޮރުން ނެރެ ސުންނާފަތި ކުރުމަށްފަހު، ސިފައިންގެ މީހާ އަރާމުކޮށްލަން ރާއްޖެ އަންނައިރު، އެގައުމުގެ ޕާސްޕޯޓް މަނާކުރާނެ ކަމަށް މުޅި ދުނިޔެއަށް އިޢުލާން ކުރުމަށްފަހު އެކަމުގައި ވެސް ދޮގު ހަދާ ހުރިހާ ދިވެހިން ލަދުގަންނަވާލައިފި ކަމަށެވެ. އުމަރު އެގޮތަށް ޕޯސްޓުކޮށްފައި މިވަނީ ޕީއެންސީގެ ޕީޖީ ގްރޫފފުގެ ލީޑަރ އިބްރާހިމް ފަލާހު އިއްޔެ މަޖިލީހުގައި ދެއްކެވި ވާހަކަތަކަށްފަހުއެވެ. މަޖިލީހުގައި މެމްބަރު ފަލާހު ވިދާޅުވެފައިވަނީ އެ ގައުމުގެ ޕާސްޕޯޓް މަނާކުރުމުގެ ކުރިން ފަލަސްތީނާއި ބޭރު ދުނިޔޭގެ ބަހެއް އެކަމުގައި ހޯދަން ޖެހޭ ކަމަށާއި، ފަލަސްތީނުގެ ވެރިންގެ ކިބައިން އެކަމަކީ އެމީހުންނަށް ފައިދާއެއް ހިތްހަމަޖެހުމެއް ލިބޭނެ ކަމެއްތޯ ބަލަންޖެހޭ ކަމަށެވެ.
ފަލަސްތީނުގައި މުސްލިމުން މަރާ ބަޑަށް ޖައްސާ ގެދޮރުންނެރެ ސުންނާފަތި ކުރުމަށްފަހު، އިޒްރޭލުގެ ސިފައިންގެ މީހާ އަރާމު ކޮށްލަން ރާއްޖެ އަންނައިރު، އިޒްރޭލު ޕާސްޕޯރޓް މަނާކުރާނެ ކަމަށް މުޅިދުނިޔެއަށް އިޢުލާން ކުރުމަށްފަހު އެކަމުގައިވެސް ދޮގުހަދާ ހުރިހާ ދިވެހިން ލަދުގަންނަވާލައފި.
އެ ބިލުގެ މަސައްކަތް އަންނަ މަހުގެ 15 އަށް ނިންމަން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީން މިހާރުވަނީ ކަނޑައަޅާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ