މާލެ: 31°C

ރާއްޖެ 30 އަހަރު ފަހަތަށް ހިނގައްޖެ: ރައީސް ޔާމީން

November 26, 2024
2 ފަހަރު ބަލާފައި
ރާއްޖެ 30 އަހަރު ފަހަތަށް ހިނގައްޖެ: ރައީސް ޔާމީން
ރާއްޖެ 30 އަހަރު ފަހަތަށް ހިނގައްޖެ: ރައީސް ޔާމީން
ރާއްޖޭގެ ފަރުދީ މިނިވަންކަން ގެއްލި މީގެ 30 އަހަރު ކުރިން އޮތް ހިސާބަށް ރާއްޖެ ހިނގައްޖެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. ޕީއެންއެފް އިން ސިލްސިލާކޮސް ބާއްވަމުން އަންނަ ފްރޮންޓް އޮފީސް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިއްޔެ މަޖިލީހުން ފާސްކުރި، މިނިވަން މުވައްސަސާތަކުގެ ވެރިން އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއށް ލިބިދޭ ގާނޫނާއެކު ރާއްޖެ މީގެ 30 އަހަރުކުރިން އޮތް ހިސާބަށް ގޮއްފައިވާ ކަމަށާއި، މީގެ 30 އަހަރު ކުރިންވެސް މިނިވަން މވައްސަސާޔތަކަށް ބޭފުޅުން އައްޔަނުކުރައްވަނީ އޭރު ހުންނެވި ރައީސުލް ޖުމްހޫރިއްޔާ ކަމަށެވެ. އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވީ ޤާނޫނުއަސާސީގެ ދަށުން އުފަންކުރުވި މުސްތަގިއްލު މިނިވަން މުވައްސަސާތައް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް އަރުވާފައިވާ ކަމަށާއި، ނަމަވެސް ޤާނޫނު އަސާސީ އަކީ ޤާނޫނު އަސާސީއަށް ލިބިދީފައިވާ ބާރުތަކަކީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހަކަށް ފަހިވާ ގޮތައް ބަދަލުކުރެވޭނެ އެއްވެއް ނޫންކަމަށެވެ. މި ސަރުކާރުގެ ބޭފުޅުންގެ އެތަކެއް މައްސަލަތަކެއް އޭސީސީގައި އެބަހުރި ކަމަށާއި ނަމަވެސް އެއްވެސް މައްސަލައެއް ހިނގިޔަނުދޭނެކަމަށްވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ ސަރުކާރަށް މިނިވަން މުއައްސަސާތައް އަޅުވެތި ކުރެވިދާނެ ކަމަށާއި ނަމަވެސް ރައްޔިތުންގެ ވޯޓަކީ ސަރުކާރަށް ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.
އޭސީސީ އަޅުވެތިކޮށް ނިމުނީ އިލެކްޝަންސް ކޮމިޝަން އަޅުވެތިކޮށް ނިމުނީ މި ތަންތަނުގެ މަގާމުތަކަށް މީހުން ހަމަޖެއްސިޔަސް،ރައްޔިތުންގެ ވޯޓަކީ ސަރުކާރަށް ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫން. އެއީ ކުށް ހީއެއް ނަޒާހަތްތެރިކަމުގެ މިންގަނޑުން ހަމަ ސުމެއް. އެއްވެސް ކަމެއް ކުރިޔަކަ ނުދޭ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ