މާލެ: 31°C

އެމްޑީޕީގެ ރައީސްއާއި ޕާޓީގެ އިސްބޭފުޅުން އއ.އުކުޅަހަށް ވަޑައިގެންފި

November 25, 2024
2 ފަހަރު ބަލާފައި
އެމްޑީޕީގެ ރައީސްއާއި ޕާޓީގެ އިސްބޭފުޅުން އއ.އުކުޅަހަށް ވަޑައިގެންފި
އެމްޑީޕީގެ ރައީސްއާއި ޕާޓީގެ އިސްބޭފުޅުން އއ.އުކުޅަހަށް ވަޑައިގެންފި
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އާއި ޕާޓީގެ އިސްބޭފުޅުން އއ. އަތޮޅަށް ދަތުރެއް ފައްޓަވައިފިއެވެ. އއ.އަތޮޅަށް އެމްޑީޕީ އިން ކުރާ މި ދަތުރުގައި އއ.އަތޮޅުގެ ރައްތަކަށް ޒިޔާރަތްކޮށް އެމްޑީޕީގެ މެމްބަރުންނާއި، އެ ޕާޓީގެ ސަޕޯޓަރުންނާ ބައްދަލުކޮށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާއި ކުރައްވަމުން ގެންދަވާ ކަންކަމާ ގުޅިގެން ރައްޔިތުންނަށް ކުރަމުންދާ އަސަރު ދެނެގަނެ ޕާޓީގެ ފަރާތުން އެކަންކަމާ މެދު ކަންކަން ކުރަންވީ ގޮތުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެއެވެ. އެ ދަތުރުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އާއި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރ އިބްރާހިމް ނާޒިލް ޢާއި ޕާލިމަންޓްރީ ގްރޫގެ ޑެޕިއުޓީ ލީޑަރު ޑީޑީ ގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރ ސަމީރު އާއި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އަހްމަދު އަބްދުﷲ ބައިވެރިވެއެވެ. އެމްޑީޕީން ސިޔާސީ ޚަރަކާތްތައް ފަށާފައިވާއިރު އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި އެ ޕާޓީގެ ރައީސް ގެ ގުޅުން އެހާރަނގަޅު ނޫންކަމަށް އެ ޕާޓީގެ އިސްފަރާތްތަކުން ދަނީ ބުނަމުންނެވެ. އެގޮތުން ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ޑީޑަރޝިޕް ގެ ބައެއް ބޭފުޅުން މަސްވެރިންނާ ބައްދަލުކޮށް މަސްވެރިންގެ ކަންބޮޑުވުން އޮޅުންފިލުވުމަށް މާރުކެޓް ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ބައިވެރިކޮސްފައިނުވާތީ އެކަމާ ގުޅޭގޮތުން އަބްދުﷲ ޝާހިދު އެ ޕާޓީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕްގައި ކުރެއްވި މެސެޖަކާ ގުޅިގެން ހިޔާލު ތަފާތުވުންތަށް ވަނީ އުފެދިފައެވެ. އަދި ޚިޔާލުތަފާތުވުންތައް އުފެދިފައިވާ މި ދަނޑިވަޅުގައި އިއްޔެގެ ހަވީރު އަބްދުﷲ ޝާހިދު ވަނީ ޓެކްސީ ޑަރައިވަރުންނާ ބައްދަލުކޮށް ސަރުކާރުން ގެންނަން އުޅޭ ޓެކްސީ ލައިން އާއި ގުޅޭގޮތުން ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް އެ ފަރާތްތަކާ ބައްދަލުކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ