މާލެ: 31°C

އޭސީސީގެ ނައިބްރައީސް އަބްދުއްސަލާމް އާއި މެމްބަރު ތޯހާ މުޙައްމަދު އިސްތިއުފާދެއްވައިފި

November 25, 2024
2 ފަހަރު ބަލާފައި
އޭސީސީގެ ނައިބްރައީސް އަބްދުއްސަލާމް އާއި މެމްބަރު ތޯހާ މުޙައްމަދު އިސްތިއުފާދެއްވައިފި
އޭސީސީގެ ނައިބްރައީސް އަބްދުއްސަލާމް އާއި މެމްބަރު ތޯހާ މުޙައްމަދު އިސްތިއުފާދެއްވައިފި
އެންޓި-ކޮރަޕްޝަން ކޮމިޝަން ގެ ނައިބު ރައީސް އަބްދުއްސަލާމް އާއި އެ ކޮމިޝަނުގެ މެންބަރު ތޯހާ މުހައްމަދު އިސްތިއުފާ ދެއްވައިފި އެވެ. އިއްޔެ ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމެޓީގެ ބައދަލުގައި އޭސީސީގެ ރައީސް އަބްދުއްސަލާމާއި އެކޮމިޝަނުގެ މެމްބަރު ތޯހާ މުޙައްމަދު ވަކިކުރުމަށް ނިންމައި އެ ރިޕޯޓް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އިއްވަވާފައިވަނިކޮށް އެ ބޭފުޅުން މިއަދުވަނީ އިސްތިއުފާ ދެއްވާފައެެވެ. މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާއެއްކޮށް، އެ ދިރާސާގެ މައްޗަށް ކޮމިޓީން އެކުލަވާލި ރިޕޯޓް މަޖިލީހުގެ ޖަލްސާއަށް ހުށަހަޅައިދެއްވީ ކޮމިޓީގެ މުގައްރިރު އަދި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް އެވެ. ރިޕޯޓްގައި ވާގޮތުން އެގޮތުން އޭސީސީގެ ނައިބްރައީސް ސަލާމަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ގޮތުގައި ކުރީގެ ބަންޑާރަނައިބެއްގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައެއްގައި ދައުވާ ކުރެވޭ ވަރަށް ހެކި ހުރި ނަމަވެސް ދައުވާ ނުކުރެވޭނެ ކަމަށް ނިންމާ ފައިލް ކުރުމުގައި އިސް ދައުރެއް އަދާކޮށްފައިވުމާއި ބިންވެރިޔާ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އިރުޝާދު ދީފައި ވަނިކޮށް ސަލާމް އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުރުސަތު ނުދީ މައްސަލަ ހުއްޓުވާފައިވުމާއި، އޭސީސީގެ އޮނިގަނޑު އިސްލާހުކޮށް ފޮރެންސިކް ސެކްޝަން ހަދާ އެތަނުގެ ހެޑްއަކަށް ކުރިން އެތަނުގައި މަސައްކަތްކުރި ނައިބު ރައީސާއި އެ ކޮމިޝަންގެ އެހެން މެންބަރަކާ ގާތްގުޅުމެއް އޮންނަ ފަރާތެއްގެ ނެގުމުގައި އަމަލީ ގޮތުން މަސައްކަތް ކުރުމާއި ވަކި ގޮތަކަށް މައްސަލަ ނިންމަން އެހެން މެންބަރުންނަށް ބާރު އަޅާ ފަދަ ކަންކަން ފާހަގަކޮށްފައިވެއެވެ. އެ ކޮމިޝަނުގެ މެމްބަރު ތޯހާއަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ގޮތުގައި އޭސީސީގެ މުވައްޒަފުން ވަކިކުރި މައްސަލަ ނިންމި ނިންމުން އޭސީސީން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނިކޮށް ތޯހާ ނުފޫޒުން އެ އިސްތިއުނާފު ބާތިލުކުރުމަށް އެދި ހައިކޯޓަށް ސިޓީ ފޮނުވާ އިސްތިއުނާފުގެ ދައުވާ ބާތިލުކުރުމާއި އޭސީސީ އަށް އަމަލުކުރަމުން ދިޔަ ގޮތާ ހިލާފަށް އެ މުވައްޒަފަށް ބަދަލު ނަގައި ދިނުމާއި ކުރީގެ ބަންޑާރަނައިބެއްގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައެއްގައި ދައުވާ ކުރެވޭ ވަރަށް ހެކި ހުރިނަމަވެސް ދައުވާ ނުކުރެވޭނެ ކަމަށް ނިންމާ ފައިލް ކުރުމުގައި އިސް ދައުރެއް އަދާކޮށްފައިވުން ހިމެނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ