ނަޖީބުގެ މަރުގެ މައްސަލާގައި ހަނާއަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ބަލަން ފަށައިފި؛ މިއަދު ސުވާލުކުރީ ޑޮކްޓަރާ

ނަޖީބުގެ މަރުގެ މައްސަލާގައި ހަނާއަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ބަލަން ފަށައިފި؛ މިއަދު ސުވާލުކުރީ ޑޮކްޓަރާ
ލިޔުން:
ޤާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ހާދިސާގައި އޭނާގެ ހަށިގަނޑު ބެލި ޑޮކްޓަރާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސުވާލު ކުރައްވައިފި އެވެ.
ނަޖީބު މަރާލި މައްސަލައިގައި ށ. ގޮއިދޫ/ރިހާބު، ފާތިމަތު ހަނާ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ހައިކޯޓުން ވަނީ އެހުކުމަށް ތާއީދު ކޮށްފަ އެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ނަޖީބްގެ ހަށިގަނޑު ބެއްލެވި ޑޮކްޓަރާ ސުވާލު ކުރައްވާފަ އެވެ. އެގޮތުން ފަނޑިޔާރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑޮކްޓަރު ވިދާޅުވީ، ނަޖީބުގެ ހަށިގަނޑު ބެލިބެލުމުން ބޭރުފުށުން ފެންނަ ފެނުމަށް ބަލާއިރު މަރުވި ކަމަށް ލަފާކުރެވޭ ފުރަތަމަ ސަބަބު ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވާނީ، ކަރުގައި އެއްޗެއް ބަނދެފައި ހުރުމުން ކަމަށެވެ. ހޮސްޕިޓަލަށް ނަޖީބްގެ ހަށިގަނޑު ގެނައިރުވެސް ކަރުގައި ފޮތިކަހަލަ އެއްޗެއް އައްސާފައި ހުރިކަމަށާއި، މަރުވިކަމަށް ލަފާކުރެވޭ ފުރަތަމަ ސަބަބަކީ ކަރުގައި އެއްޗެއް އައްސާ ބާރުކުރުމުން ސިކުނޑިއަށް އޮކްސިޖަން ނުލިބިގެން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އަދި މަރުވި ކަމަށް ލަފާކުރެވޭ ދެވަނަ ސަބަބެއް ކަމަށް ބަޔާންކޮށްފައިވާނީ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވުންކަން ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ.
ޝަރީއަތުގައި ހަނާގެ ވަކީލް ޑޮކްޓަރާއި ސުވާލު ކޮށްފައިވަނީ ޑޮކްޓަރުގެ ރިޕޯޓުގައި ނަޖީބު މަރުވި ސީދާ ސަބަބު ސާފުކުރުމަށް ޕޯސްޓްމޯޓަމް ހަދަންޖެހޭކަން ފާހަގަކޮށްފައި އޮތުމުން އެކަމާއި ގުޅިގެންނެވެ. އަދި މިފަދަ ގޮތަކަށް މަރުވާ މީހެއްގެ މަރުވި ސަބަބު ކަށަވަރު ކުރެވޭނެ ސިއްހީ ގޮތަކީ ކޮބައިތޯ ޑޮކްޓަރާއި ސުވާލުކޮށްފައިވެ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ޑޮކްޓަރު ވިދާޅުވީ މަރުވި އަސްލު ސަބަބު ޔަގީންކުރަން އޮންނަ އެއްޗަކީ ޕޯސްޓްމޯޓަމް ކަމަށެވެ. އަދި ނަޖީބްގެ ޕޮސްޓްމޯޓަމް ނަހަދާތީ، މަރުވިކަމަށް ދެން ލަފާކުރެވޭ ސަބަބުތައް ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން މި މައްސަަލަ ބަލަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގެ އިސް ފަނޑިޔާރަކީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ. ދެން ތިއްބަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
