ނާޒިމް އެގޮތަށް ވާހަކަ ދެއްކެވީ އިޒްރޭލު ޕާސްޕޯޓް މަނާކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގަ އެވެ. އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
ނާޒިމްގެ ވިސްނުން: އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމާ ދެކޮޅު

ނާޒިމްގެ ވިސްނުން: އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމާ ދެކޮޅު
ލިޔުން:
އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަކީ އަވަސް އަރުވާލައިގެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި، ވަކި ގައުމެއްގެ ޕާސްޕޯޓް މަނާކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިޒްރޭލު ޕާސްޕޯޓް މަނާކުރުމާ ދެކޮޅަށް ވާހަކަ ދައްކަވައިފި އެވެ.
"އަޅުގަނޑުމެން ކުއްލި ކުއްލިއަށް މިހެން ކަންކަން ނިންމާލުމަކީ ރަނގަޅު ކަމަކަށް ނުވާނެ. އަދި ހާއްސަ ގޮތެއްގައި މިހާރު ހިނގަމުންދާ މައްސަލައިގެ ތެރޭގައި އަޅުގަނޑުމެން ހަމަ ކޮންމެހެން ވަކި ގައުމެއްގެ ޕާސްޕޯޓް މަނާކުރަން އުޅުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި އަޅުގަނޑެއް ނުދެކެން،" ނާޒިމް ވިދާޅުވި އެވެ.
ރާއްޖެ އަކީ އިގްތިސާދީ ގޮތުން އެހެން ގައުމުތަކަށް ބަރޯސާ ވެފައިވާ ގައުމަކަށް ވާތީ، ވަކި ގައުމެއްގެ ޕާސްޕޯޓް މަނާކުރަން އުޅުމަކީ ރަނގަޅު ކަމެއް ކަމަށް ގަބޫލު ނުކުރައްވާކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ، އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ކުރިން ވިސްނާލަން ޖެހޭ ކަމަށެވެ.
ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް ވިދާޅުވީ، ރަނގަޅު ގޮތަކަށް ވާނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން، އެ މަޝްވަރާތަކުގެ އަލީގައި އިޒްރޭލް ޕާސްޕޯޓް މަނާކުރުން ކަމަށެވެ. އަދި އެކަން އަވަސް އަރުވާލައިގެން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
