މާލެ: 31°C

ޕީއެންސީ ޕީޖީ ލީޑަރުގެ ބަސް: އިޒްރޭލް ޕާސްޕޯޓް މަނާކުރުމާމެދު ފަލަސްތީނުގެ ބަސް ހޯދަން ޖެހޭ

November 25, 2024
2 ފަހަރު ބަލާފައި
ޕީއެންސީ ޕީޖީ ލީޑަރުގެ ބަސް: އިޒްރޭލް ޕާސްޕޯޓް މަނާކުރުމާމެދު ފަލަސްތީނުގެ ބަސް ހޯދަން ޖެހޭ
ޕީއެންސީ ޕީޖީ ލީޑަރުގެ ބަސް: އިޒްރޭލް ޕާސްޕޯޓް މަނާކުރުމާމެދު ފަލަސްތީނުގެ ބަސް ހޯދަން ޖެހޭ
އިޒްރޭލުން ފަލަސްތީނުގައި ޖަރީމާތައް ހިންގަމުންދާތީވެ, އިޒްރޭލު ރައްޔިތުންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓް މަނާކުރުމާ މެދު ފަލަސްތީނުގެ ބަހެއް ހޯދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ. "އަޅުގަނޑަށް ފާހަގަކުރެވޭ ގޮތުގައި މިކަމުގައި ފަލަސްތީނުގެ ބަހެއް ހޯދަން ޖެހޭ. އެ ގައުމުގެ ވެސް ވެރިން އެބަތިބި، ކަމާ ގުޅުން ހުރި އިދާރާތައް އެބަހުރި، ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އައުން މަނާކުރުމުން އެ ބޭފުޅުންނަށް އެ ގައުމަށް މިކަމުގައި ކިހާ މަންފާ ފައިދާއެއް ހުރިތޯ ނުވަތަ އެ ބޭފުޅުންނަށް ލިބޭނެ ހިތްހަމަޖެހުމެއް އުފާވެރިކަމެއް އޮތްތޯ،" އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އައުން މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ މެންބަރު މީކާއިލް ނަސީމް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ސަލާމަތީ ކޮމިޓީ (241) އިން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ ނައިބް މުގައްރިރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދަނީ "ނުބައި، އަނިޔާވެރި" އަމަލުތަކެއް ކަމަށެވެ. ފަލާހު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވެން ޖެހޭ ކަމެއް ކަމަށެެވެ. އެ މައްސަލައަކީ ސިޔާސީ ނިޔަތެއްގައި ގައުމަށް ގެއްލުން ދިނުމަށް ހުށަހެޅިފައިވާ މައްސަލައަކަށްވެގެން ނުވާނެ ކަމަށެވެ. ފަލާހު ވިދާޅުވީ އަރަބި އެހެން ގައުމުތަކުގެ އިތުރުން ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކުގެ ކަމާ ގުޅުން ހުރި އިދާރާތަކުގެ ލަފާ އާއި މަޝްވަރާ ވެސް އެކަމުގައި ހޯދަން ޖެހޭނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ