މާލެ: 31°C

ތުހުމަތުތައް ބައިވަރު އެހެންނަމަވެސް މަޖިލީހުން ނިންމީ މަގާމުގައި ބަހައްޓަން

November 25, 2024
2 ފަހަރު ބަލާފައި
ތުހުމަތުތައް ބައިވަރު އެހެންނަމަވެސް މަޖިލީހުން ނިންމީ މަގާމުގައި ބަހައްޓަން
ތުހުމަތުތައް ބައިވަރު އެހެންނަމަވެސް މަޖިލީހުން ނިންމީ މަގާމުގައި ބަހައްޓަން
މަގާމު ނުފޫޒު ބޭނުންކުރި ކަމުގެ ބޮޑެތު ތުހުމަތުތަކެއް ކުރެވުނު ނަމަވެސް ވަކިކުރެވޭނެ ހާލަތެއް ނެތުމުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހު މަގާމުގައި ބަހައްޓަން ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ. އެގޮތަށް ނިންމާފައިވަނީ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 64 މެންބަރުގެ އަގުލަބިއްޔަތުންނެވެ. ނާސިހު ވަކިކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. ނާސިހަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެ މައްސަލަ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށްފައިވެ އެވެ. އެ ދިރާސާގެ މައްޗަށް ކޮމިޓީން އެކުލަވާލި ރިޕޯޓް މިއަދުގެ ޖަލްސާގައި އެ ކޮމިޓީގެ މުގައްރިރު އަދި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް މަޖިލީހުގެ ތަޅުމަށް އިއްވަވައިދެއްވާފައިވެ އެވެ.

ނާސިހްއަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަން:

  1. ސީއެސްސީގެ ބައެއް ވެރިންގެ ކޮމްޕިއުޓަރު ސިސްޓަމަށާއި އިންސްޓިއުޓްގައި ތިބޭ ބައެއް ފަރާތްތަކުގެ ކޮމްޕިއުޓަރު ސިސްޓަމަށް ސޮފްޓްވެއާއެއް އަޅައިގެން އެ މުވައްޒަފުންނަށް ޖާސޫސްކޮށް ފާރަލުން.
  2. ސީއެސްސީގެ އެޑްމިނިސްޓްރޭޓިވް ސެކްޝަން އަދި ފައިނޭންސް ސެކްޝަންގެ ދެ ޑިރެކްޓަރު ހޮވުމަށްޓަކައި ވަކި ފަރާތަކަށް ހާއްސަކޮށްގެން ގަވާއިދަށް ނުވަތަ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވުން.
  3. ސީއެސްސީގެ ކައުންސެލާ ޖެނެރަލް ޗުއްޓީއަށް ދިއުމުން ސީނިއާ ލީގަލް ކައުންސެލެއް އެ މަގާމު ހަވާލުކުރުމުގެ ބަދަލުގައި އުސޫލާ ހިލާފަށް ޖޫނިއާ މަގާމެއްގެ މުވައްޒަފަކާ އެ މަގާމު ހަވާލުކޮށްފައިވުން.
  4. ޕްރޮބޭޝަން ފެއިލްވެފައިވާ މުވައްޒަފެއްގެ ޕްރޮބޭޝަން ފޯމު ފުރުމަށްފަހު އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް އެ މުވައްޒަފުގެ ސުޕަވައިޒަރު ލަފާދީފައި ވަނިކޮށް އެ މުވައްޒަފު ވަކި ނުކުރުމަށް ނިންމުން.
  5. ސިވިލް ސާވިސްގެ ވަޒީފާ ދިނުމުގައި އެ މީހެއްގެ ތައުލީމީ ފެންވަރާ, ކުރާ މަސައްކަތުގެ ހުނަރާއި ގާބިލުކަމާއި ތަޖުރިބާއަށް ބެލުމެއް ނެތި ވަޒީފާ ހަމަޖެއްސުމަށް ނިންމެވުން. ކުރީ ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި މަޖިލީހުގެ ކުރީގެ މެންބަރުން އެދިވަޑައިގަތުމަށް ވަޒީފާތައް އެކި މީހުން ހަމަޖެއްސުން.
  6. ސިޔާސީ ޕާޓީގެ އެތެރޭގެ އިންތިހާބުތަކަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކުރީގެ މިނިސްޓަރެއް ވަކި ބަޔަކަށް ވަޒިފާ ދިނުމަށް އެދިވަޑައިގަތުމުން އެފަދައިން ވަޒީފާ ހަމަޖައްސައިދިނުން.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ