ރައީސުލްޖުމްހޫރިއްޔާއަށް އޭސީސީ އާއި އީސީގެ ރައީސާއި ނާއިބް ރައީސް އައްޔަން ކުރެވޭ ބިލު ފާސްކޮށްފި

ރައީސުލްޖުމްހޫރިއްޔާއަށް އޭސީސީ އާއި އީސީގެ ރައީސާއި ނާއިބް ރައީސް އައްޔަން ކުރެވޭ ބިލު ފާސްކޮށްފި
ލިޔުން:
ރައީސުލްޖުމްހޫރިއްޔާއަށް, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް އައްޔަނު ކުރެވޭ ގޮތަށް ދެ ގާނޫނަށް ހުށަހަޅާ އިސްލާހުގެ ބިލުގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރެވެ. އަދި އީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުالله ޝަރީފެވެ.
އެގޮތުން އޭސީސީ އާއި އީސީގެ ގާނޫނަށް ގެންނަ އިސްލާހު ފާސްކޮށްފައިވަނީ 69 މެންބަރުންގެ ވޯޓުންނެވެ. އެ ދެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ 10 މެންބަރެކެވެ.
އެ ދެ ބިލު ފާސްކޮށްފައިވަނީ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމުމަށްފަހު އެވެ. އެ ބިލު ފާސްކޮށްފައިވަނީ ބިލު ހުށަހެޅި ގޮތަށެވެ.
އެއީ މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް ކޮމިޝަންތަކަށް އައްޔަނުކުރާ މެމްބަރުންގެ ތެރެއިން އެ ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސްގެ މަގާމަށް މެމްބަރުން އައްޔަނުކުރުމުގައި އަމަލުކުރަމުން އަންނަ އުސޫލު އެއްހަމަ ކުރުމަަށް ޓަކައި ގެންނަ އިސްލާހުތަކެއް ކަމަށް ދެ ބިލުގައި ވެސް ބުނެފައިވެ އެވެ.
ގެންނަން ނިންމާފައިވާ އިސްލާހުތަކުގެ ދަށުން އެ ދެ ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސްއަށް އައްޔަނުކުރައްވަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހެޅުއްވުމަށް ފަހު މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރުމަށްފަހު އެވެ.
މިހާރު ގާނޫނުގައިވާ ގޮތުން ދެ ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް ހޮވަނީ ދެ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
