ފުނަދޫ ތެޔޮ ސްޓޯރޭޖް ތިލަފުއްޓަށް ބަދަލުކުރުމުގެ، ޑިޒައިން މަސައްކަތް މިހާރުވަނީ ފަށާފައި: ޝިމާދު

ފުނަދޫ ތެޔޮ ސްޓޯރޭޖް ތިލަފުއްޓަށް ބަދަލުކުރުމުގެ، ޑިޒައިން މަސައްކަތް މިހާރުވަނީ ފަށާފައި: ޝިމާދު
ލިޔުން:
ފުނަދޫ ތެޔޮ ސްޓޯރޭޖް ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ތިލަފުށީގައި ގާއިމްކުރާ ފިއުލް ސްޓޯރޭޖް ޑިޒައިން ކުރިުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޝިމާދު ވިދާޅުވީ އެކަމަށް ބޭނުންވާ މިންވަރުގެ އެކަށީގެންވާ ބިމެއް ތިލަފށިން މިހާރު ހަމަޖެއްސުމުގެ ކަންކަން މިހާރު ކުރިއްށް ދާކަމަށާއި އެ މިހާރު ފުނަދޫގައި ހުރި ސްޓޯރޭޖް ތަކުގެ ބަދަލުގައި މިހާރު ރާއްޖެއަށް އެކަށީގެންވާވަރުގެ ސްޓޯރޭޖެއް ލިބުމުން ތެލުގެ އަގަށްވެސް ހެޔޮބަދަލެއް ގެނެވޭނެ ކަމަށެވެ.
އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ ޕިއުލް ސްޓޯރޭޖް ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ކޮންސުލްޓެންޓެއް އެކަމުގެ ޕްލޭނިންގ އާއި ކޮންސެޕްޓް ގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށާއި، އަދި އެ މަސައްކަތް ކޮށްދޭނެ ކޮންޓރެކްޓަރެއް ހޯދުމަށްވެސް ވަރަށް އަވަހަށް އިޢުލާނުކުރާނެ ކަމަށެވެ. އެގޮތުން މަސައްކަތުގެ އަމަލީ މަސައްކަތް ފަށާހިސާބުން އެމަސައްކަތް ނިންމަން 18 މަހާއި 24 މަހާ ދެމެދުގެ މުއްދަތެއް ހޭދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް ޝިމާދު ވިދާޅުވިއެވެ.
މިސަރުކާރުން ފުނަދޫވަނީ ބިޒްނަސް ސެންޓަރެއްގެ ގޮތުގައި ތަރައްގީކޮށް މާލެއާއި ފުނަދޫ އާއި ހުޅުމާލެ ގުޅުވާލައި ސީޕްލޭން ޓާމިނަލް އެރަށަށް ބަދަލުކުރުމަށްވެސް ނިންމާފައެވެ. އަދި އެމްއޭސީއެލް އިން ވަނީ ޗައިނާގެ ކުންފުންޏަކާއެކު ފުނަދުއާއި ހުޅުލެއާއި ދެމެދު ރޭލުގެ ޙިދުމަތް ގާއިމް ކޮށްދިނުމުގެ އެއްބަސްވުމެއްގައި 14 އޮކްޓޯބަރ 2024 ގައި ސޮއިކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
