މާލެ: 31°C

ވޯލްޑް ލީޑިންގް ޑެސްޓިނޭޝަން އެވޯޑް ޖެހިޖެހިގެން 5ވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ

November 25, 2024
2 ފަހަރު ބަލާފައި
ވޯލްޑް ލީޑިންގް ޑެސްޓިނޭޝަން އެވޯޑް ޖެހިޖެހިގެން 5ވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ
ވޯލްޑް ލީޑިންގް ޑެސްޓިނޭޝަން އެވޯޑް ޖެހިޖެހިގެން 5ވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް އިން ދެމުންއަންނަ "ވޯލްޑް ލީޑިންގް ޑެސްޓިނޭޝން" ވޯލްޑް ޖެހިޖެހިގެން 5 ވަނަ ފަހަރަށް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ. ޕޯޗްގަލްގެ މެޑެއިރާގައި ނޮވެމްބަރ 24 ވަނަ ދުވަހު ބޭއްވި 31 ވަނަ ވޯލްޑް ޓްރެވަލް އޮވޯޑް ހަފްލާގައި ދިވެހިރާއްޖެއަށް އެ އެވޯޑް ލިބިފައިވަނީ ދުބާއީ، އޮސްޓްރޭލިއާ، ގްރީސް، ސްޕެއިން، ވިއެޓްނާމް، އިންޑޮނީޝިއާ، އެމެރިކާ އަދި ޖެމެއިކާ ފަދަ ގައުމުތަކާއި ވާދަކޮށްގެންނެވެ. މި އަހަރުގެ ކުރީކޮޅު ދުބާއީގައި ބޭއްވި އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2024 ގައި (އިންޑިއަން އޯޝަން ކެޓަގަރީ) ގައި ވެސް ބޮޑެތި ކާމިޔާބީތަކެއް ދިވެހިެރާއްޖެއިން ވަނީ ހޯދާފައެވެ. އެގޮތުން އެ ރަސްމިއްޔާތުގައި ވަނީ "އިންޑިއަން އޯޝަން ލީޑީޑިން ޑެސްޓިނޭޝަން އެވޯޑް" އާއި "އިންޑިއަން އޯޝަން ލީޑީޑިން ހަނީމޫން ޑެސްޓިނޭޝަން އެވޯޑް" އާއި "އިންޑިއަން އޯޝަން ލީޑީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑް" އާއި "އިންޑިއަން އޯޝަން ލީޑީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑް" ވެސް ދިވެހި ރާއްޖެއަށް ލިބިފައެވެ. ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމާއި އެއާލައިން، ހޮޓެލް އަދި ހޮސްޕިޓާލިޓީ ދާއިރާގެ ޚިދުމަތުގެ އަގުވަޒަންކޮށް އެ އިންޑަސްޓްރީއިން ދޭ އެންމެ ޝަރަފުވެރި އެވޯޑް ޕްރޮގްރާމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ