ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެ އުޅުނު ލަންކާގެ މަސްބޯޓަކުން މިއަދު ވަނީ 468.6 ކިލޯގްރާމުގެ (ގާތްގަނޑަކަށް ބައި ޓަނުގެ) މަސްތުވާތަކެތި ހޯދާފައެވެ.
ބައި ޓަނުގެ މަސްތުވާތަކެތި އަތުލައިގަތުމުން ރައީސް: އެންމެ އިސްކަންދޭނީ މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރަން

ބައި ޓަނުގެ މަސްތުވާތަކެތި އަތުލައިގަތުމުން ރައީސް: އެންމެ އިސްކަންދޭނީ މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރަން
ލިޔުން:
އެންމެ އިސްކަންދެނީ ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެކަމާ ގުޅިގެން ރައީސް އެކްސްގައި މިއަދު ވިދާޅުވީ އެ މަސްތުވަތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް އެއް ބިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުން ކުރި މަސައްކަތަށް ރައީސް ވަނީ ތައުރީފް ކުރައްވާފައެވެ.
"ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ އަޅުގަނޑުމެން އެއްމެ އިސްކަންދޭ އެއްކަންތައް. ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން މިދާއިރާއިން ކުރަމުންގެންދާ ބުރަމަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން!"ރައީސް ވިދާޅުވި އެވެ.
މިއަދު އަތުލައިގަތް ބޯޓުގައި ސްރީލަންކާއަށް ނިސްބަތްވާ ފަސް ފިރިހެނުން ތިބި ކަމައި އަދި މިއަދުގެ ކޯސްޓު ގާޑުގެ ބޭފުޅުންނާއި ކުޅުދުއްފުށި ސިޓީގެ ފުލުހުން ބަލައި ފާސްކުރި އިރު 468.6 ކިލޯގެ މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އަދި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރިއިރު އޭގެ ނަތީޖާތކުން 344 ކިލޯގެ މެތު އާއި 124.6 ކިލޯގެ ކޮކެއިންއަށް އެ މަސްތުވާތަކެތި ޕޮޒިޓިވްވި އެވެ.
މިއީ ފަހުގެ ތާރީހެއްގައި ރާއްޖެއިން އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
