ތައިލެންޑުގައި ހުންނަވާ ސަފީރަކަށް ފުއާދު

ތައިލެންޑުގައި ހުންނަވާ ސަފީރަކަށް ފުއާދު
ލިޔުން:
އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ފުއާދު ތައުފީގުގެ ދައުރު ދައުރު ހަމަވުމާއެކު، ތައިލެންޑުގެ ސަފީރު ކަމަށް އައްޔަންކުރުމާ ގުޅޭގޮތުން ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދާރީ މޭޒުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު, މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ފޮނުއްވި ސިޓީފުޅު އިއްވައިދެއްވާފަ އެވެ. އެ ކަމާ ގުޅޭގޮތުން ދިރާސާއެއް ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ފެންނަ ގޮތެއް އަންގަވައިދެއްވުމަށް ސިޓީފުޅުގައި ރައީސް އެދިވަޑައިގެންފައިވެ އެވެ.
ފުއާދުގެ ނަން މި މަގާމަށް އައްޔަންކުރަން ފޮނުވާފައިވާއިރު އެންމެ ފަހުން އޭނާ ފުރުއްވަމުން ގެންދެވި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ކަމުގެ މަގާމުގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހެވެ.
2008 ވަނަ އަހަރުން ފެށިގެން އީސީގައި މަސައްކަތްކުރައްވަން ފެއްޓެވި ފުއާދު އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު 15 ވަނަ ދުވަހު އެވެ. އެއީ އިންތިގާލީ މަރުހަލާގެ ތެރޭގަ އެވެ.
ދެވަނަ ދައުރަކަށް، އީސީގެ ރައީސް ކަމަށް ފުއަދާ އައްޔަންކުރެއްވީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. ކޮމިޝަންގެ ރައީސަކަށް އައްޔަން ކުރެއްވި އިރުވެސް، ފުއާދަކީ އެ ކޮމިޝަންގެ މެމްބަރެކެވެ.
2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު، 2009 ވަނަ އަހަރުގެ މަޖިލިސް އިންތިހާބު، 2011 ވަނަ އަހަރުގެ ކައުންސިލް އިންތިހާބު، 2013 ގެ ރިޔާސީ އިންތިހާބު އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ފުއާދު މަސައްކަތްކުރެއްވީ އީސީގަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
