ގާނޫނު އަސާސީއަށް އިސްލާހުތައް ގެނެސްފައިވަނީ ގާނޫނު އަސާސީގެ ބައެއް މާއްދާތަކާއި، އޮނިގަނޑާ ވެސް ހިލާފަށް ކަމަށް ބުނެ އެ އިސްލާހުތައް ބާތިލުކުރަން ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން އެވެ.
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ މައްސަލަ: އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ތަދައްހުލްވަނީ

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ މައްސަލަ: އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ތަދައްހުލްވަނީ
ލިޔުން:
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް މިދިޔަ ބުދަ ދުވަހު ގެނައި އިސްލާހުތައް ބާތިލުކުރަން ސުޕްރީމް ކޯޓަށް މިއަދު ހުށަހެޅި މައްސަލައިގެ ތެރެއަށް އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ވެސް ތަދައްހުލުވާން ނިންމައިފި އެވެ.
ނަމަވެސް އެ މައްސަލަތައް ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
އެ މައްސަލައާާ ގުޅިގެން ޑިމޮކްރެޓްސްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ގާނޫނު އަސާސީއަށް ގެނައި ބަދަލާއެކު ސީދާ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ރައްޔިތުންގެ މަޖިލިސް ގެނެވޭނެ ކަމަށެވެ.
ޑިމޮކްރެޓްސްއިން ބުނީ މަޖިލީހުގެ މެމްބަރަކު ޕާޓީ ބަދަލުކުރުމުން އެ މެމްބަރެއްގެ ގޮނޑި ގެއްލުމަކީ އުސޫލީ ގޮތުން އެ ޕާޓީން ތާއީދުކުރާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ގެނައި އިސްލާހުތަކަކީ މަޖިލީހުގެ ބާރާއި ބޭނުން ކަނޑުވާލާ، ގާނޫނުއަސާސީގެ ކިތަންމެ ތަސައްވުރަކާ ދެކޮޅަށް އޮތް އަދި ވަކިން ހާއްސަކޮށް ގާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އޮނިގަނޑު ބަދަލުގެނުވާ ބޭސިކް ސްޓްރަކްޗާ ޑޮކްޓްރިންއާ ހިލާފު ގާނޫނުނެއް ކަމުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ތަދައްހުލުވާން ނިންމީ ކަމަށެވެ.
އެ މައްސަލައިގެ ތެރެއަށް ތަދައްހުލުވާން އިިދިކޮޅު އެމްޑީޕީން ވެސް ވަނީ ނިންމައިފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
