
ދޮޅު ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ދޮޅު ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ލިޔުން:
ކަނޑުމަގުން އެެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 1.518 ކިލޯގްރާމް ހުރިކަމަށް ކަސްޓަމްސްއިން ބުނެފައިވެ އެވެ. އޭގެ އަގު ތިން މިލިއަން ރުފިޔާއަށް އަރާނެކަމަށް ވެސް ބުނެފައިވެ އެވެ.
ކަސްޓަމްސް އިން ބުނެފައިވަނީ ސީފްރައިޓް ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން މިއަދު އިތުރަށް ބެލިއިރު އެ ޝިޕްމަންޓްގައި ހިމެނޭ މުދަލުގެ ތެރޭގައި މަސްތުވާތަކެތި ހުރިކަމަށްބެލެވޭ ޕެކެޓްތަކެއް ފެނިފައިވާކަމަށެވެ.
އަދި އެ ޕެކެޓުތަކުގައި ފޮރުވާފައި ހުރި ތަކެތި ފުރަތަމަ މަރުޙަލާގައި ކަސްޓަމްސްއިން ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން އަށް ވަނީ ޕޮޒިޓިވްވި ކަމަށް ވެސް ބުނެފައިވެ އެވެ.
އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް މިހާރު އެ މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަަސްޓަމްސްއިން ބުނެފައިވެެެ އެވެ.
މިއަދު ރާއްޖެ ސަރަަހައްދުގައި އުޅުނު ލަންކާގެ މަސްބޯޓަކުން ވެސް ބައި ޓަނެއްހާ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
