މާލެ: 31°C

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ޓެކްސީ ޑްރައިވަރުންނާއި ބައްދަލުކުރައްވައިފި

November 25, 2024
2 ފަހަރު ބަލާފައި
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ޓެކްސީ ޑްރައިވަރުންނާއި ބައްދަލުކުރައްވައިފި
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ޓެކްސީ ޑްރައިވަރުންނާއި ބައްދަލުކުރައްވައިފި
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ޓެކްސީ ޑްރައިވަރުންނާއި ބައްދަލުކުރައްވައިފި އެވެ. އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ މާލެ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ލައިނާރ އެއް އުފައްދަވަން ކުރާ މަސައްކަތާ ގުޅިގެން ޓެކްސީ ޑަރައިވަރުންގެ ކަންބޮޑުވުންތައް އޮޅުން ފިލުއްވުމަށްޓަކައި ހުޅުމާލޭގައި އިއްޔެ ހަވީރު ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ސަރުކާރުން މިހރު ގެންނަން މަސައްކަތްކުރާ ބަދަލާ ގުޅިގެން އެ މަސައްކަތް މިހާރު ކުރަމުންއަންނަ ފަރާތްކަށް ކުރާނެ އަސަރު ދެނެގަނެ އެ ފަރާތްތަކުގެ ކަންބޮޑުވުން ވަނީ އޮޅުންފިލުވާފައެވެ. މާލެ ސރަހައްދުގައި ސަރުކާރު ހިއްސާވާ ކުންފުންޏަކާ ޙަވާލުކޮށްގެން ހިދުމަތް ދިނުމަށް މަސައްކަތްކުރަމުން އަންނަ ޓެކްސީ ލައިނާގައި 50 އިންސައްތަ ފުލްޓައިމް މަސައްކަތް ކުރާއިރު ޕާޓް ޓައިމް ކޮށް މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށްވެސް 50 އިންސައްތަ ކަނޑައަޅާފައިވެއެވެ. އަދި އެ ޙިދުމަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ހަފްތާއިން މުސާރަ ދޭގޮތަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ