468 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

468 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ލިޔުން:
ރާއްޖެ ސަރަހައްދުގައި ޤަވާއިދާއި ޙިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ބޯޓެއް ސިފައިންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ޗެކްކުރިއިރު، އެބޯޓުން 468 ނުވަތ ބައި ޓަނެއްހާ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މި ބޯޓު އަތުލައިގެންފައިވަނީ ރޭގެ ވަގުތެއްގައި އެމްއެންޑީއެފުންނެވެ. ބޯޓު އަތުލައިގަތުމަށްފަހު ރޭ ކުޅުދުއްފުށި ސިޓީގެ ބަނދަރަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ވިދާޅުވީ ހޮނިހިރުގެ ރޭ ދަންވަރު 12:45 ހާއިރު މަކުނުދޫ ބޭރުން އަތުލައިގެންފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ މަސްބޯޓެއް ކަމަށެވެ. އެ ބޯޓު ހުއްޓުވައި ކުޅުދުއްފުށި ބަނދަރަށް ގެންދިއުމުން ކުޅުދުއްފުށީ ސިޓީގެ ފުލުހުންނާއި އެމްއެންޑީއެފް ކޯސްޓު ގާޑުން އާދީއްތަ ދުވަހުގެ ހެނދުނު ބޯޓު ބަލައި ފާސްކޮށްފައިވާކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
ކޮމިޝަނަރ ވިދާޅުވީ ބޯޓު ބަލައި ފާސްކުރިއިރު 468.6 ކިލޯ ނުވަތަ ބައި ޓަނުގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އޭގެތެރޭގައި 344 ކިލޯ ކްރިސްޓަލް މެތު އަދި 124.6 ކިލޯގެ ކޮކެއިން ހިމެނޭކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ލަންކާގެ "އަށެންޕުތަ" ނަމަކަށް ކިޔާ އެ ބޯޓު އަތުލައިގަތީ އެމްއެންޑީއެފަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޓްރެކް ކުރަމުން ގޮސްކަމަށެވެ. އަދި މިއީ އެކި އިދާރާތައް ގުޅިގެން ހިންގުނު ކާމިޔާބު އޮޕަރޭޝަނެއް ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މި މަސައްކަތަކީ ގުޅިގެން އެކި އެޖެންސީތަކާއެކު ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތި ހުއްޓުވުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރެއިން ކާމިޔާބު މަސައްކަތެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން،" ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ވިދާޅުވިއެވެ.
މި ބޯޓުގައި ތިބީ 5 ފަޅުވެރިން ކަމަށާއި އެ އެންމެންނަކީވެސް ސްރީލަންކާގެ ފިރިހެނުންކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
