ހެވީލޯޑްގެ ރިސޯޓްތައް ވިއްކާލުން މަޑުޖައްސާލަން އަންގައިފި

ހެވީލޯޑްގެ ރިސޯޓްތައް ވިއްކާލުން މަޑުޖައްސާލަން އަންގައިފި
ލިޔުން:
ލޯނެއް ނުދެއްކުމުން ހެވީލޯޑް މޯލްޑިވްސްގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ދީފައިވާ ހުއްދައަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ސިވިލް ކޯޓުން ދިން ހުއްދައާއެކު، ބީއެމްއެލްއިން ވިއްކާލަން އޭރު އިއުލާން ކޮށްފައިވަނީ ލ. ފަރެސް އައިލެންޑާއި ކުޑަ ފަރެސް އައިލެންޑް އަދި ބޮޑުހުރާ އައިލެންޑެވެ. އޭގެ ތެރެއިން ފަރެސް އާއި ކުޑަފަރެސްއަކީ ރަހާ ރިސޯޓް ހިންގަމުންދާ ދެ ރަށެވެ. އަދި ބޮޑުހުރާއަކީ ދަނޑުވެރި ކަމަށް ދޫކޮށްފައި އޮންނަ ރަށެކެވެ.
ނަމަވެސް ސިވިލް ކޯޓުން ދީފައިވާ ހުއްދައަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކުރީ ހެވީ ލޯޑްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމުންނެވެ. ހައި ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ އެ މައްސަލައާ ގުޅިގެން އެ ކޯޓުން ގޮތެއް ނިންމަންދެން އެ ހުއްދައަށް އަމަލުކުރުން ފަސްކުރަން އަންގާ ކަމަށެވެ.
ހެވީ ލޯޑަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ކުންފުންޏެކެެވެ. އެ ކުންފުންޏަށް ބޭންކް އޮފް މޯލްޑިވްސްއިން ދިން 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ގެ ލޯނެއް ނުދެއްކުމުން އެ ކުންފުނީގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ހުއްދަ ދިނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
