މާލެ: 31°C

ލޯބިވެރިޔާ ބްލެކްމެއިލް ކުރި މީހާ ވަނީ ހެކިނައްތާލާފައި، ބަންދަށް އިތުރު 10 ދުވަސް

November 24, 2024
2 ފަހަރު ބަލާފައި
ލޯބިވެރިޔާ ބްލެކްމެއިލް ކުރި މީހާ ވަނީ ހެކިނައްތާލާފައި، ބަންދަށް އިތުރު 10 ދުވަސް
ލޯބިވެރިޔާ ބްލެކްމެއިލް ކުރި މީހާ ވަނީ ހެކިނައްތާލާފައި، ބަންދަށް އިތުރު 10 ދުވަސް
އއ. މަތިވެރީގައި ލޯބިވެރިޔާ އަށް ބިރުދައްކައި ބްލެކް މެއިލްކުރި މައްސަލައިގައި ހައްޔަރުކުރި އެ ރަށު ފަޒާ، ޒައިދާން މުހައްމަދު (19އ) ގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި އެވެ.
އެ މައްސަލާގައި މި މަހު 14 ވަނަ ދުވަހު ހައްޔަރުކުރި ޒައިދާނަކީ މަތިވެރި ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރަމުންދާ ރޭކްރޫޓް ޕޮލިހެކެވެ.
އޭނާ އަށް ތުހުމަތު ކުރެވެނީ ލޯބިވެރިޔާ އަށް ބިރު ދައްކައި، ލޯބިވެރިޔާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މިޑީއާގައި ލީކު ކޮށްލާނެ ކަމަށް ކަމަށް ބުނެ ބިރުދައްކައި އިންޒާރުދީ ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތެވެ. ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރެއްގައި ބުނީ، ޒައިދާނަށް ތުހުމަތު ކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން، ފޮޓޯތައް ލީކް ކޮށްލާނެ ކަމަށް ބުނެ ބިރު ދެއްކުމުގެ ކަންކަން ހިނގާފައިވާ ކަމުގެ ހެކި އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެ އަމުރުގައި ބުނެފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ