މާލެ: 31°C

އިލެކްޝަންސް ކޮމިޝަނާއި އޭސީސީން މެންބަރުންތަކެއް ވަކިކުރަން މިނިވަން މުވައްސަސާތަކާބެހޭ ކޮމެޓީން ނިންމައިފި

November 24, 2024
2 ފަހަރު ބަލާފައި
އިލެކްޝަންސް ކޮމިޝަނާއި އޭސީސީން މެންބަރުންތަކެއް ވަކިކުރަން މިނިވަން މުވައްސަސާތަކާބެހޭ ކޮމެޓީން ނިންމައިފި
އިލެކްޝަންސް ކޮމިޝަނާއި އޭސީސީން މެންބަރުންތަކެއް ވަކިކުރަން މިނިވަން މުވައްސަސާތަކާބެހޭ ކޮމެޓީން ނިންމައިފި
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުންތަކެއް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މަގާމުން ވަކިކުރަން ފާސްކޮށްފައިވަނީ އެންޓިކޮރަޕްޝަންސް ކޮމިޝަނުގެ ނައިބްރައީސް ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަނުގެ މެންބަރު ތޯހާ މުހައްމަދުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރުން ކަމަށްވާ ޑރ. މުހައްމަދު ޒާހިރާއި މުހައްމަދު އާސިފެވެ. މިއަދުގެ ބައްދަލުވުމުގައި ސިވިލްސާވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާސިހު ވަކިކުރުމާގުޅޭގޮތުންވެސް ބަހުސްކޮސްފައިވީނަމަވެސް ސިއްރުކޮށްގެން ބޭއްވި އެ ބައްދަލުވުމުގައި ނިންމާފައިވަނީ ސިވިލް ސާވިސް ކޮމިޝަން ގެ ރައީސް މުހައްމަދު ނާސިހު އެ ކޮމިޝަނުގެ މެމްބަރުކަމުން ވަކިނުކުރުމަށެވެ. އެންޓިކޮރަޕްޝަން ކޮމިޝަނުގެ 2 މެމްބަރުން ވަކިކުރަން ނިންމާފައިވަނީ އެ 2 މެމްބަރުން އެ ކޮމިޝަނުގެ ޤާނޫނޫގެ (ހ) އަދި (ށ) އާއި ޚިލާފުވެފައިވާތީ ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެންނެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ނައިބްރައީސްގެ މައްސަލައެއްވެސް އެ ކޮމެޓީއަށް މިދިޔަ މަހު ހުށަހަޅާފައިވާކަމަށް ވަނީ މައުލޫމާތު ހާމަކޮސްފައެވެ. ނަމަވެސް އެ މެމްބަރުންގެ މައްސަލާގެ ތަފްސީލެއް މަޖިލީހުން ހާމަކޮސްފައެއް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ