ދުންފަތުގެ ބާވަތްތައް ދެން ވިއްކޭނީ ލައިސެންސް ނަގައިގެން!

ދުންފަތުގެ ބާވަތްތައް ދެން ވިއްކޭނީ ލައިސެންސް ނަގައިގެން!
ލިޔުން:
ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި ކުރެވޭނީ އިސްލާހުކޮށްފައިވާ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުން ސައްހަ ލައިސަންސަކާ އެކު ކަމަށް ހެލްތު މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހަށް އަމަލުކުރަން ފެށީ މިދިޔަ ހުކުރު ދުވަހު އެވެ.
އާ ގާނޫނުގެ ދަށުން ރާއްޖޭގައި ދުންފަތުގެ ބާވަތްތައް އެތެރެކުރާ ނުވަތަ އެކްސްޕޯޓްކުރާ ނުވަތަ ގިނަ އަދަދަކަށް ނުވަތަ ވަކިވަކިން ވިއްކާ ކޮންމެ މީހަކު ވެސް ވިޔަފާރީގެ ހުއްދައެއްގެ އިތުރުން ހެލްތު މިނިސްޓްރީން ދޫކުރާ ސައްހަ ލައިސަންސެއް ހޯދަން ޖެހެ އެވެ.
ގާނޫނު ތަންފީޒުކުރާތާ 60 ދުވަހުގެ ތެރޭގައި ލައިސަންސް ދޫކުރާނެ ވަކި ގަވާއިދެއް މިނިސްޓްރީން ޑްރާފްޓް ކުރަން ޖެހެ އެވެ.
ގަވާއިދު ފައިނަލްވުމުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދުންފަތް ވިއްކުމަށް ހާއްސަ ހުއްދަތަކެއް ހޯދަން ޖެހޭނެ އެވެ. މިއަށްފަހު ސައްހަ ހުއްދައެއް ނެތި ދުންފަތުގެ ވިޔަފާރި ކުރާ ކޮންމެ ވިޔަފާރިއެއް މަނާވާނެ އެވެ. އަދި ދުންފަތުގެ ވިޔަފާރި ގާނޫނާ ހިލާފުވާނަމަ ލައިސަންސް ބާތިލް ކުރާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ގަވާއިދާ ހިލާފުވާ ފަރާތްތައް 1،000 ރުފިޔާއިން ފެށިގެން 1،000،000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.
ހުއްދަ ނެތި ވިޔަފާރި، ނުވަތަ އިމްޕޯޓް ނުވަތަ އެކްސްޕޯޓް މަރުހަލާގައި ޕެކޭޖިންގ އަދި ލޭބަލިންގ ގަވާއިދުތަކާ ހިލާފުވުން ފަދަ ކުށްތަކަށް ޖޫރިމަނާ ކުރެވޭނީ ދައްކަންޖެހޭ ޓެކްސްއާއި ފީގެ ޖުމްލަ އަދަދުގެ ދިހަގުނަ އެވެ. މިސާލަކަށް ދައްކަންޖެހޭ ޖުމްލަ އަދަދަކީ 1،000 ރުފިޔާ ނަމަ ޖޫރިމަނާ ކުރާނީ 1،000 ރުފިޔާ އިން ނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
