މާލެ: 31°C

ފުއާދުގެ ދައުރު ހަމަވެއްޖެ

November 24, 2024
2 ފަހަރު ބަލާފައި
ފުއާދުގެ ދައުރު ހަމަވެއްޖެ
ފުއާދުގެ ދައުރު ހަމަވެއްޖެ
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގުގެ ދައުރު މިއަދު ނިމިއްޖެ އެވެ.
ދެވަނަ ދައުރަކަށް، އީސީގެ ރައީސް ކަމަށް ފުއަދާ އައްޔަންކުރެއްވީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. ކޮމިޝަންގެ ރައީސަކަށް އައްޔަން ކުރެއްވި އިރުވެސް، ފުއާދަކީ އެ ކޮމިޝަންގެ މެމްބަރެކެވެ.
މަލްޓި-ޕާޓީ ޑިމޮކްރެސީގެ ފެހި ގާނޫނު އަސާސީއާ އެކީ އީސީގެ ފުރަތަމަ މެންބަރުންގެ ބެންޗުގައި ހިމެނުނު ފުއާދު އެންމެ ފުރަތަމަ އެ ކޮމިޝަންގެ ރައީސަކަށް އައްޔަން ކުރެއްވީ 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު 15 ވަނަ ދުވަހު އެވެ. އެއީ އިންތިގާލީ މަރުހަލާގެ ތެރޭގަ އެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު، 2009 ވަނަ އަހަރުގެ މަޖިލިސް އިންތިހާބު، 2011 ވަނަ އަހަރުގެ ކައުންސިލް އިންތިހާބު، އަދި 2013 ގެ ރިޔާސީ އިންތިހާބުގައި އޭނާ ކޮމިޝަނުގައި މަސައްކަތް ކުރެއްވި އެވެ. 2013 ގެ ރިޔާސީ އިންތިހާބުގައި ފުއާދަކީ ކޮމިޝަނުގެ ރައީސެވެ. ގިނަ ދުވަސްތަކެއް ވަންދެން ކޮމިޝަނަށް ހިދުމަތް ކޮށްދެއްވާފައިވާ ފުއާދު ގަބޫލުކުރައްވާ ގޮތުގައި އޭނާއަށް ރަނގަޅު މަސައްކަތްތަކެއް ކޮށްދެވުނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ