އެ ޖަމިއްޔާތަކުން އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއްގައި ވަނީ ނެރެފަ އެވެ.
ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކުން 11 ޖަމިއްޔާގެ ކަންބޮޑުވުން

ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކުން 11 ޖަމިއްޔާގެ ކަންބޮޑުވުން
ލިޔުން:
ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާ ގުޅިގެން މަދަނީ 11 ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ޖަމްއިއްޔާތަކަކީ؛ ޓްރާންސްޕޭރެންސީ މޯލްޑިވްސް، ސޭވް މޯލްޑިވްސް، އެސޯސިއޭޝަން ފޯ ޑެމޮކްރަސީ އިން ދަ މޯލްޑިވްސް، އުތެމާ، އީކުއެލް ރައިޓް އިނީޝިއޭޓިވް، ޒީރޯ ވޭސްޓް މޯލްޑިވްސް، މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން، ހޯޕް ފޯ ވިމެން، ބިލީފް މޯލްޑިވްސް، އިކޯކެއާ މޯލްޑިވްސް، ޕްރޮޓެކްޓް ތިމާވެށި އެވެ.
އެ ޖަމިއްޔާތަކުން ނެރުނު ނޫސްބަޔާނުގައި ބުނީ އެ އިސްލާހަކީ އެއްވެސް ހާމަކަމެއް ނެތި އަވަސް އަރުވާލުމާއި ގާނޫނުތައް ހެދުމުގައި ގެންގުޅެންޖެހޭ އިޖުރާއަތްތަކާއި އުސޫލުތަކަށް ނުބެލުމާއި އަސާސީ ދިމިގްރާތީ ހަމަތައް ހަނިކުރުމަށް ބާރުއެޅޭ ފަދަ ގޮތަކަށް ކުރެވުނު މަސަކަތެއް ކަމަށެވެ.
އެ އިސްލާހުތައް ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އެ ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ބުނާ މާއްދާ އާއި ހިލާފު ކަމަށް ބަޔާނުގައި ބުންޏެވެ.
ބަހުސްކުރަން އެކަށީގެންވާ ވަގުތު ނުލިބުނުކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ ބަހުސްއެއް ކުރުމަށް ތައްޔާރުވުމުގެ ފުރުސަތާއި ގާނޫނު އަސާސީއަށް ގެނެވޭ ބަދަލަކާއި ގުޅިގެން ހިޔާލު ހުށަހެޅުމުގެ ފުރުސަތު މަދަނީ ޖަމއްއިއްޔާތަކަށާއި ރައްޔިތުންނަށް ނުލިބުމަކީ ޑިމޮކްރަސީގެ އުސޫލުތަކުގެ ދަށުން ހިޔާލު ބަދަލުކުރުމަށް ހުރަސްއެޅިގެން ދިޔަކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
