މާލެ: 31°C

އިސްރާއިލް ޕާސްޕޯޓް މަނާކުރާ ބިލުގެ މަސައްކަތް އަވަސްކުރަން ކޮމެޓީން ނިންމައިފި

November 24, 2024
2 ފަހަރު ބަލާފައި
އިސްރާއިލް ޕާސްޕޯޓް މަނާކުރާ ބިލުގެ މަސައްކަތް އަވަސްކުރަން ކޮމެޓީން ނިންމައިފި
އިސްރާއިލް ޕާސްޕޯޓް މަނާކުރާ ބިލުގެ މަސައްކަތް އަވަސްކުރަން ކޮމެޓީން ނިންމައިފި

އިސްރާއިލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން ހުށަހެޅި ބިލުގެ ކޮމިޓީ މަރުހަލާގެ މަސައްކަތް އަވަސްކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އިން ފާސްކޮށްފި އެވެ.

މިއަދު ބޭއްވި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ މާދަމާއިން ފެށިގެން ކަމާބެހޭ ފަރާތްތައް ހާޒިރުކޮށް ސުވާލުކޮށް މައުލޫމާތު އެއްކުރުމަށެވެ. މިދިޔަ ހަފުތާގައި އެ ކޮމިޓީން ނިންމީ ޑިސެމްބަރުގެ ނިޔަލަށް ކަމާ ބެހޭ އިދާރާތަކާއި އެހެނިހެން ފަރާތްތަކަށް ބިލާ ގުޅޭ ގޮތުން ސިޓީ ފޮނުވައި އެ ތަންތަނުން ލިބޭ ޖަވާބަކަށް ބެލުމަށްފަހު އެ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރުމަށެވެ. ނަމަވެސް އެ ނިންމުން ބަދަލުކުރަން މިއަދު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ހުށަހެޅުއްވި ބިލު މަޖިލީހަށް ބަލއިގަނެފައިވަނީ މިއަހަރުގެ ޖޫން 10 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައެވެ. ބިލުގެ މަސައްކަތް ލަސްވާ މަސައްސަލާގައި އާންމުންގެ ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި އެ ބިލުގެ މަސައްކަތް އަވަސްކުރުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީ އިން ހުށަހެޅި ކުއްލި މައްސަލަވެސް ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

އޭގެ އިތުރުން ވެރިކަންކުރާ ޕިޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީން ވެސް އޮކްޓޯބަރު 16 ވަނަ ދުވަހު ވަނީ އެ ބިލުގެ މަސައްކަތް އަވަސްކުރުމަށް ގޮވާލައި ބަޔާނެއް ނެރެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ